މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހުރި ލިޔުން (ގްރެފިޓީ)ތައް ފޮހެ، ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން ފޭސް ދޭއްގައި ހުރި ގްރެފިޓީތައް ފޮހެ ނައްތާލައިފިއެވެ.
ފުލުހުން ބުނީ ފޭސް ދޭއްގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަަސައްކަތް އިއްޔެ ކުރިޔަށްގެންދިޔައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކަމަށެވެ.
އެ މަސައްކަތަކަކީ މާލެ ސަރަހައްދަކީ އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށާއި އެ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސާފު މާހައުލެއް ގާއިމް ކުރުމަށް ކުރިޔަށްގެންދިޔަ މަސައްކަތެއް ކަމަށެވެ.
މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހުރި ގްރެފިޓީތައް ފޮހެ، ސާފު ކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ މަހުގެ 16 ގައެވެ. އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ގޭންގު ކުރައިމް ސަޕްރެޝަން އާއި މާލެ ސިޓީ ކައުންސިލު ގުޅިގެންނެވެ.
އެ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ފޮހެ ނައްތާލާފައިވާ ކަމަށެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން، މާލެ ސިޓީގެ އިތުރު ސަހަރައްދުތަކުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ނައްތައިލުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާނެ ކަމަށް އެ މުއައްސަސާއިން ބުނެއެވެ.
ފާތިމަތު ލިއުޝާ
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ކޮމެންޓް