ހުޅުމާލޭ، ގެސްޓްހައުސްއެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

މަރުވެފަ އޮތްވާ ފެނިފައިވަނީ މ. ސްޓާ، މުހައްމަދު ރަޒީން (50އ) އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ގެސްޓްހައުސްއެއްގެ ތިންވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

އެ މީހާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.