ހުޅުމާލޭގައި ގާއިމް ކުރަން ރައީސް ޑ. މުހައްމަދު މުއިއްޒު ވައުދު ވެ ވަޑައިގެންނެވި ކަންނެލި ބަންދުކުރާ ފެކްޓްރީ ގާއިމް ކުރުމަށް މިދިޔަ ހަފުތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓާ އޮފް ފިޝަރީޒ،ް އެގްރިކަލްޗާ އެންޑް އޯޝަންރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އެ ފެކްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި 100 މެކްޓްރިކް ޓަނުގެ ކަންނެލި ބަންދު ކުރާ ކާރުހާނާއެއް ގާއިމް ކުރުމަށް ހަވާލުކުރީ މިދިޔަ ހަފުތާގައި ކަމަށެވެ.
"ކަންނެލި މަސްވެރިންނަށް ހައްލު ހޯދަން ގާއިމްކުރާ ފެކްޓްރީއެއް މީ، އެ ފެކްޓްރީގެ އެބައި ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ،"
މިނިސްޓަރު ވިދާޅުވީ، އެ ފެކްޓްރީގެ މަސައްކަތަކީ، ކަންނެލި މަސްވެރިން ސަރުކާރުގައި އެދެމުން އަންނަ ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު އެ ކަންތައް ކަމަށެވެ.
ހުޅުމާލޭގައި ސަރުކާރުން ބޮޑުކަންނެލި ފެކްޓްރީއެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ، 2025 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އިބްރާހިމް ޒަކީ
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ކޮމެންޓް