މިފަހަރު ވޯލްޑް ކަޕްގެ ފައިނަލް ކުޅޭ އެމެރިކާގެ ނިއު ޖާޒީ ސްޓޭޑިއަމްގެ ވިނަ ވިއްކައިގެން ފައިސާ ހޯދަން ނިންމާފައިވާ ކަމަށް ފީފާއިން އިއުލާނު ކޮށްފިއެވެ.
ނިއު ޖާޒީގެ މެޓް ލައިފް ސްޓޭޑިއަމްގައި މިފަހަރު ފައިނަލް ކުޅޭ އިރު، އެ ސްޓޭޑިއަމްގެ ނަން ވޯލްޑް ކަޕަށް ވަނީ ބަދަލުކޮށްފައެވެ. ސްޕޮންސާޝިޕް ސަބަބުތަކާ ހެދި ފީފާއިން އެ ސްޓޭޑިއަމަށް ވޯލްޑް ކަޕް ތެރޭގައި ބޭނުންކުރާ ނަމަކީ ނިއު ޖާޒީ ނިއު ޔޯކް ސްޓޭޑީއަމެވެ. އެ ސްޓޭޑިއަމަކީ އެންއެފްއެލްގެ ނިއު ޔޯކް ޖަޔަންޓްސް އާއި ޖެޓްސްގެ ހޯމް ސްޓޭޑިއަމެވެ. އެންއެފްއެލް މެޗުތަކުގައި އެ ސްޓޭޑިއަމް ބޭނުން ކުރަނީ އާޓިފިޝަލް ވިނަ ނަމަވެސް، މިފަހަރު ވޯލްޑް ކަޕަށް ވިނަގަނޑު ވަނީ ބަދަލު ކޮށްފައެވެ.
ހަބަރުތައް ބުނެފައި ވަނީ ވިނަ ވިއްކައިގެން ފީފާއަށް ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު ޖެހޭނެ ކަމަށެވެ. ފީފާއިން ބުނީ ޔޫއެސްބީ ކީޕް ސޭފްއަކާއެކު ވޯލްޑް ކަޕް ފައިނަލް ކުޅޭ ދަނޑުގެ ވިނަކޮޅެއް ޕްރިމިއަމް އެކްރިލިކްގައި ވިއްކަން ނިންމާފައިވާ ކަމަށާއި އެއީ ވޯލްޑް ކަޕްގެ އެންމެ ރަނގަޅު އެއް ކަލެކްޓެބަލް އައިޓަމަށް ވާނެ ކަމަށެވެ.
ފީފާއިން ބުނެފައި ވަނީ ޔޫއެސްބީގެ ސައްހަކަން ޔަގީންކޮށްދޭން ހާއްސަ ސްޓިކާއެއް ބޭނުން ކުރާނެ ކަމަށާއި އެ ވިނަކޮޅު ލިބޭނީ އެކަމަށް ހާއްސަ ފޮށްޓަކާވެސް އެކުގައި ކަމަށެވެ. އޭގެ އިތުރުން ފީފާއިން ބުނީ ވިނަކޮޅުތައް ވިއްކަން ނިންމާފައި ވަނީ ޑެލިވަރީ ކުރާ ގޮތަށް ކަމަށާއި ޑެލިވަރީ ކުރާނީ ޔޫރަޕާއި އެމެރިކާގެ އެޑްރެސްތަކަށް ކަމަށެވެ.
ފީފާއިން ދަނޑުގެ ވިނަ ވިއްކަން އަގުތައް ކަނޑައަޅާފައި ވަނީ 450 ޑޮލަރުން، 900 ޑޮލަރު އަދި 1200 ޑޮލަށެވެ. އެގޮތުން 2026 ވިނަކޮޅު ވިއްކަން ނިންމާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.
މިފަހަރުގެ ވޯލްޑް ކަޕް ވެގެން ގޮސްފައި ވަނީ ތާރީހުގައި ވެސް އެންމެ އަގުބޮޑު ވޯލްޑް ކަޕަށެވެ. ޓިކެޓް އަގުތައް ވެސް އިންތިހާއަށް މައްޗަށް ގޮސްފައިވާ އިރު، ފައިނަލްގެ ޓިކެޓްތަކުގެ އަގުވެސް ރި ސޭލް މާކެޓްގައި 32000 ޑޮލަރަށް އަރައިގެން ގޮސްފައިވެއެވެ. ވޯލްޑް ކަޕް ފައިނަލް ކުޅޭ މެޓް ލައިފް ސްޓޭޑިއަމްގައި ބޭނުންކުރާ ވިނަ ހައްދާފައި ވަނީ އެމެރިކާ ނޯތު ކެރޮލައިނާގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް