ލޮރީއަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެ، އެކަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިންގާފައިވަނީ ސްޓެލްކޯ ބަސް ސްޓޮޕް ސަރަހައްދުން، ހިލަ އުފުލާ ލޮރީއަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ލޮރީ ދަށުވެ، ބޯ ވަނީ ޗިސްވެފައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖުން މާލެއަރާ ފަރާތުން، އުސްފަނޑު ކައިރިންނެވެ.

ފުލުހުން ދެންމެ ބުނީ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދުގެ 15:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި އެއީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.