އާޖެންޓީނާގެ ކުރީގެ އެއްވަނަ މިޑްފީލްޑަރު، އަދި ކެޕްޓަން އެންޓޯނިއޯ ރަޓިން، އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ،
ރަޓިން، ކްލަބު ކެރިއަރު އެއްކޮށް ބޮކަ ޖޫނިއާސްގައި ހޭދަކޮށްފައިވާ އިރު، އޭނާ ވަނީ 1962 އަދި 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައެވެ. "ރަޓާ" ގެ ނަމުން މަގުބޫލުކަން ހޯދި ރަޓިން ވަނީ ބޮކަ ޖޫނިއާއަށް 1956 އިން 1970 ވަނަ އަހަރާ ހަމައަށް 382 މެޗު ކުޅެފައެވެ.
އެ ކްލަބާއެކު ހަތަރު ލީގު ތަށިވެސް ހޯދި ރަޓިން ވަނީ އެ ކްލަބާއެކު 1963 ވަނަ އަހަރު ދެކުނު އެމެރިކާގެ އެންމެ ބޮޑު މުބާރާތް، ކޮޕާ ލިބާޓަޑޯރެސްގެ ފައިނަލުގައިވެސް ކުޅެފައެވެ.
އާޖެންޓީނާއަށްވެސް 1959 ވަނަ އަހަރުން 1969 ވަނަ އަހަރަށް ކުޅުނު ރަޓިންގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ވަގުތުކޮޅަކީ 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ތެރެއިން ހިނގި ވަގުތު ކޮޅެކެވެ. އެފަހަރު ކުއާޓާ ފައިނަލްގައި އިންގްލެންޑް ކައިރިން އާޖެންޓީނާއިން 1-0 އިން ބަލިވި މެޗުގައި ރަޓިން ވަނީ ދަނޑުން ފޮނުވާލައިފައެވެ.
ރެފްރީ އާޖެންޓީނާ ކެޕްޓަން ރަޓިން ފޮނުވާލި ނަމަވެސް، 10 ވަރަކަށް މިނެޓް ވަންދެން އޭނާ ވަނީ ދަނޑުން ފައިބަން ދެކޮޅު ހަދައިފައެވެ. އެއީ މެޗުގައި ހުރި ޖަރުމަނު ރެފްރީ ރޫޑޮލްފް ކްރެއިޓްލީން އަށް ނިންމުން ތަފްސީލު ނުކޮށްދެވޭ ކަމަށް ބުނެއެވެ. ރަޓިން ބުނީ ރެފްރީއަށް ސްޕެނިޝްއަށް ނޭނގޭތީ ކިޔާ އެއްޗެއް ނޭނގޭ ކަމަށެވެ. އޭރު ފުޓުބޯޅައަށް ކާޑު ތައާރަފު ކޮށްފައެއް ނުވެއެވެ.
ރަޓިން ނުރުހުންވެ ފައިބައިގެން ދަމުން އިންގްލެންޑް ކޯނަރު ދަނޑި ހަލާކުކޮށްލައި، ކުއީން އެލިޒަބަތު ދެވަނައަށް ހާއްސަކޮށް ރިޒާވް ކޮށްފައިވާ ރަތް ކާޕެޓް މަތީގައިވެސް އިށީންދެ އިނދެފައިވެއެވެ. އެއީ ރެފްރީގެ ނިންމުމާ ދެކޮޅަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އޭނާ ބުނެފައިވެއެވެ.
އެ ހާދިސާގެ ސަބަބުން 1970 ވަނަ އަހަރު ވޯލްޑް ކަޕަށް ފީފާއިން ވަނީ ރަތް ކާޑާއި ރީނދޫ ކާޑު ސިސްޓަމެއް ތައާރަފު ކޮށްފައެވެ.
ރިޓަޔާ ކުރުމަށްފަހު ރަޓިން ވަނީ ބޮކަ ޖޫނިއާސްގެ ކޯޗުކަންވެސް ކޮށްފައެވެ. އަދި ސިޔާސީ ގޮތުން މަސައްކަތްތަކެއް ކޮށް، ތިރި ގޭގެ މެމްބަރުކަންވެސް ކުރިއެވެ.
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ
ކޮމެންޓް