ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލަށް ނުކުންނަ އިރު، ފްރާންސުން ސްޕެއިނަށް ބިރު ގަންނަން ޖެހޭ ކަމަށް ޒުވާން ތަރި ލެމީން ޔަމާލް ބުނެފިއެވެ.
ސްޕެއިނުން ފްރާންސާ ދެކޮޅަށް ސެމީ ފައިނަލުގައި ނުކުންނަން ތައްޔާރުވެފައިވާ އިރު، އެމެޗު ވެގެންދާނީ މިފަހަރު ވޯލްޑް ކަޕްގައި ފެނިގެންދާނެ އެންމެ ވާދަވެރި އެއް މެޗަށެވެ. ސްޕެއިނުން ރޭ ފަހުވަގުތު ބެލްޖިއަމް ބަލިކުރީ 2-1 އިންނެވެ. އެއީ ފަހުވަގުތު ބަދަލަކަށް އަރައި މިކޭލް މެރީނޯ ޖެހި ގޯލުންނެވެ.
މިއީ 2010 ވަނަ އަހަރަށްފަހު ސްޕެއިނުން ވޯލްޑް ކަޕްގެ ސެމީގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެފަހަރު ސްޕެއިނުން ވަނީ ވޯލްޑް ކަޕްގެ ތަށި އުފުލައިލާފައެވެ.
"އަހަރެމެން ނުޖެހޭނެ ފްރާންސަށް ޖެހިލުންވާކަށް. ޖެހިލުންވެ ބިރު ގަންނަން ޖެހޭނީ ފްރާންސް. ޔޫރޯ 2024 އަދި ނޭޝަންސް ލީގު 2024-25 އިންވެސް އަހަރެމެން ފްރާންސް ކަޓުވާލިން. އަހަންނަށް ފްރާންސާއި ސްޕެއިނަކީ މިހާރު އޮތް އެންމެ ވަރުގަދަ ދެޓީމު. އަސްލު އެއްވެސް ބަޔަކު ބިރެއް ނުގަންނާނެ،" ޔަމާލް ރޭގެ މެޗަށްފަހު ބުންޏެވެ.
ސްޕެއިން ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭވެސް ވަނީ ޖެހިލުން ވާން ނުޖެހޭނެ ކަމަށް ބުނެފައެވެ.
ސްޕެއިނުން މެޗަކުން ބަލިނުވެ ސެމީ ފައިނަލަށް ގޮސްފައިވާ އިރު، އަދި ކޮޅަށް ވަނީވެސް ރޭގެ މެޗުން ވަން ގޯލެވެ. އަނެއްކޮޅުން ނުކުންނަ ފްރާންސް ތަފާތު މޮޅުކޮށް ފެނިފައިވާ އިރު، ކިލިއަން އެމްބާޕޭއާއި މައިކަލް އޮލީސޭއާއި އުސްމާން ޑެމްބެލޭގެ ފޯމުވެސް ފެންނަނީ ތަފާތު ކޮށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް