އިންގްލެންޑްގެ ޑިފެންޑަރު ޖެރެލް ކުއަންސާއަށް ގަދަ 16 ގެ މެޗުގައި ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ދެމެޗަށް އިތުރު ކުރަން ފީފާއިން ނިންމައިފިއެވެ.

ކުއަންސާއަށް ރަތް ކާޑު ދެއްކީ އަޒްޓެކާގައި އިންގްލެންޑުން މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުގެ ދެވަނަ ހާފުގައި ކުއަންސާއަށް ރަތް ކާޑު ދެއްކީ އެމެޗުގެ ދެވަނަ ހާފު ކުރީކޮޅުގައެވެ. ކުއަންސާއަށް ކާޑު ދެއްކީ ވީއޭއާރް ބެލުމަށްފަހުއެވެ. އެއީ ބޫޓުގެ ސްޓަޑުތަކުން ޖެހޭ ކަހަލަ ގޮތަށް ކުރި ނުރައްކާތެރި ޓެކުލެއްގައެވެ.

ކުއަންސާ އިތުރު މެޗަކަށް ސަސްޕެންޑް ކުރުމާއެކު ކުއާޓާ ފައިނަލް އޭނާއަށް ގެއްލުމުގެ އިތުރުން ސެމީ ފައިނަލަށް ގޮސްފިނަމަ، އެމެޗުވެސް ގެއްލޭނެއެވެ. އެ މަގާމަށް ކުޅޭ ރީސް ޖޭމްސްވެސް އަދި އަނިޔާއިން އެއްކޮށް ރަނގަޅުވެފައި ނުވާ އިރު، އެ ދެކުޅުންތެރިން ނެތުން ވެގެންދާނީ ކޯޗު ތޯމަސް ޓުޗެލްއަށް ބޮޑު ބޮލުރިހުމަކަށެވެ.

ކުއަންސާގެ ރަތް ކާޑު މައާފުކޮށްދޭން އިންގްލެންޑުން އެދިފައި ނުވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެކަމާ އަދި އެފްއޭއިން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ކުއަންސާގެ ރަތް ކާޑަށް ސަސްޕެންޝަން އިތުރު ކޮށްފައިވާ އިރު، ދާދިފަހުން އެމެރިކާގެ ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑެއް މައާފުކޮށްދީފައިވެއެވެ. 2 ގައި ބޮސްނިއާއާ ދެކޮޅަށް އެމެރިކާއިން ކުޅުނު މެޗުގައި ބަލޮގަންއަށް ދެއްކި ރަތް ކާޑު ބެލްޖިއަމް މެޗުގެ ކުރިން ފީފާއިން މައާފުކޮށްދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރި ކޯލަކާއެކުގައެވެ.

އެ މައްސަލަ އޮތީ ހޫނުވެފައެވެ. އެކަމުގައި ފީފާއަށް ފާޑުކިޔުންތައް ބޮޑުވެފައިވާ އިރު، މިނިވަން ބައެއް ޖަމިއްޔާތަކުން ދަނީ އިންފަންޓީނޯއާ ދެކޮޅަށް މައްސަލަ ޖައްސަން މަސައްކަތް ކޮށްފައެވެ.