ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް މެރިން ފުލުހުން ބުނެފިއެވެ.
މެރިން ފުލުހުން ފޭސްބުކުގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ މިރޭ 9:10 އެހާކަންހާއިރު މާލޭގެ ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައި ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ތިން މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށް މެރިން ޕުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް