ފްރެންޗް ފުޓްބޯލް ފެޑަރޭޝަން (އެފްއެފްއެފް) އިން މައިކަލް އޮލީސޭގެ ރީނދޫ ކާޑު މައާފު ނުކޮށްދޭން ފީފާއިން ނިންމައިފިއެވެ.
ވޯލްޑް ކަޕްގެ ގަދަ 32 ގެ މެޗުގައި އޮލީސޭއަށް ރީނދޫ ކާޑު ދައްކާފައި ވަނީ ޕެރަގުއާއީ ކުޅުންތެރިއެއް ކަމަށްވާ މަތިއަސް ގަލާޒާއާ ދެމެދު ހިނގި ކަމަކަށް ބަލައިފައެވެ. ގަލާޒާއަށް އޮލީސޭ ފައުލް ކުރުމުން ގަލާޒާ ތެދުވެ، އޮލީސޭ ގައިގައި ޖެހި ގަނެފައިވާ އިރު، ރެފްރީ އޮލީސޭއަށް ކާޑު ދެއްކީ ގަލާޒާ މޫނު މަތީގައި ޖެހިގަތް ކަމަށް ބަލައިފައެވެ. އެހެން ނަމަވެސް ރިޕްލޭއިން ފެންނަ ގޮތުގައި އޮލީސޭ ހަމައެކަނި ގަލާޒާގައި ޖާޒީގައި ހިފެހެއްޓީއެވެ. އޮލީސޭ ގައިގައި އެތަނުން ޖެހި ގަންނަނީ ގަލާޒާއެވެ.
އެތަނުން ދެއްކި ރީނދޫ ކާޑު މައާފުކޮށްދޭން ފީފާއިން އެދިފައިވާ އިރު، އެކަމަށް ފީފާއިން އެދުނީ އެމެރިކާގެ ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑެއް މައާފުކޮށްދިނުމުންނެވެ. ގަދަ 32 ގައި ބޮސްނިއާއާ ދެކޮޅަށް އެމެރިކާއިން ކުޅުނު މެޗުގައި ބަލޮގަންއަށް ދެއްކި ރަތް ކާޑު ބެލްޖިއަމް މެޗުގެ ކުރިން ފީފާއިން މައާފުކޮށްދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރި ކޯލަކާއެކުގައެވެ.
މޮރޮކޯއާ ދެކޮޅަށް މިރެ ފްރާންސުން ކުއާޓާ ފައިނަލުގައި ނުކުންނަ އިރު، އެމެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ޑިޑިއޭ ޑިޝޯމް ބުނީ ފްރާންސް ފެޑަރޭޝަނުން އެދުނު ގޮތަށް ފީފާއިން އެ ރީނދޫ ކާޑު މައާފު ކޮށްދީފައި ނުވާ ކަމަށެވެ.
ޕެރަގުއާއީއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗު ވެގެންދިޔައީ ހޫނުކޮށް ނިމިގެން ދިޔަ މެޗަކަށެވެ. އެމެޗުގައި ފިޒިކަލް ޗެލެންޖްތައް ފެނުނު އިރު، މެޗުގެ ތެރެއިން އެމްބާޕޭ އުފާފާޅުކުރި ގޮތުން ޕެރަގުއާއީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ސެލެސްޓޭ އަމަރީއާ ވަނީ އެމްބާޕޭއާ ނަސްލީގޮތުން ދިމާކޮށްފައެވެ. އެކަން، ފީފާއާއި އދ ގެ އިތުރުން ފްރާންސް ސަރުކާރުންވެސް ވަނީ ކުށްވެރިކޮށްފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް