މާލޭގެ އިމާރާާތެއްގައި ރޯވެ އަނދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ ޖަޔާ ކުންފުނީގެ ގުދަނެއްގައި ކަމަށެވެ. އެ ގުދަނަކީ ފިއްޗާއި ބަރަނި ފަދަ ތަކެތި ބަހައްޓާފައި ހުންނަ ގުދަނެއް ކަމަށެވެ.

ފުލުހުން ދެންމެ ބުނީ މާލޭ، މުނިޔާމަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ބުނީ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ.