ރޭ ސްޕެއިން ކައިރިން ބަލިވެ ކެޓުމާއެކު ޕޯޗުގަލްގެ ކޯޗުކަމުގައި ހުރި ރޮބާޓޯ މާޓިނޭޒް އެ މަގާމުން ދުރަށް ޖެހިލައިފިއެވެ.
ޕޯޗުގަލްއިން މިފަހަރު ވޯލްޑް ކަޕަށް ނުކުތީ ފެވަރިޓެއްގެ ގޮތުގައެވެ. އަދި އެޓީމުގައި އޮތީ އެންމެ ވަރުގަދަ އެއް ސްކޮޑެވެ. އެހެން ނަމަވެސް ގްރޫޕް ސްޓޭޖުގައިވެސް ޕޯޗުގަލްއަށް ހޯދުނީ އެންމެ މޮޅެކެވެ. އެއީ އުޒްބެކިސްތާން ކައިރިންނެވެ. ދެން ކޮލަމްބިއާއާއި ޑީއާރް ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުތަކުންވީ އެއްވަރެވެ. ގަދަ 32 ގައި ޕޯޗުގަލްއިން ފަހުވަގުތު ކްރޮއޭޝިއާ ކައިރިން މޮޅުވި ނަމަވެސް ރޭ ސްޕެއިން ކައިރިން ބަލިވީ 1-0 އިންނެވެ.
އެ ބައްޔަށް ފަހު މާޓިނޭޒް ބުނީ މެޗާއެކު އޭނާއާއެކު ޕޯޗުގަލްއިން ހަދާފައިވާ އެއްބަސްވުން ހަމަވެފައިވާ ކަމަށާއި، އެހެން ކޯޗެއް ހޯދަން ޕޯޗުގަލް ފުޓުބޯޅަ އިދާރާއަށް ފުރުސަތު ދޭ ކަމަށެވެ. މާޓިނޭޒް ބުނީ ސްޕެއިން މެޗަކީ ޕޯޗުގަލްއަށް އޭނާ ކޯޗުކަން ކޮށްދިން ފަހު މެޗު ކަމަށާއި، ގައުމީ ޓީމަށް ކޯޗުކަން ކޮށްދިނުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އަދި ޕޯޗުގަލްއިން އޭނާ ބަލައިގަތީ އަމިއްލަ ގައުމުގެ ރައްޔިތެއްގެ ގޮތުގައި ކަމަށްވެސް އޭނާ ބުންޏެވެ.
ރޭގެ މެޗަކީ އުމުރުން 41 އަހަރުގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯވެސް ވޯލްޑް ކަޕްގައި ކުޅުނު އެންމެ ފަހު މެޗެވެ. މާޓިނޭޒް ބުނީ ރޮނާލްޑޯއަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި، އެއީ ފުރިހަމަ ކެޕްޓަނެއް ކަމަށެވެ. ރޮނާލްޑޯއަކީ ހަމައެކަނި ގޯލް ޖަހާ ފޯވަޑެއް ނޫން ކަމަށާއި، އެއީ އެހެން ކުޅުންތެރިންނަށް ނަމޫނާ ކެޕްޓަނެއް ކަމަށް މާޓިނޭޒް ބުންޏެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް