އިންގްލެންޑުން ކުއާޓާ ފައިނަލް ޔަގީންކުރި މެޗުގައި އަނިޔާވެ، ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޑަން ހެންޑަސަންއަށް ވޯލްޑް ކަޕްގެ ބާކީބައި ގެއްލިއްޖެއެވެ.
ބްރެންޓްފޯޑަށް ކުޅެމުންދާ ހެންޑަސަން އިންގްލެންޑުން 3-2 އިން މެކްސިކޯ ބަލިކުރި މެޗުގައި ކުޅެން އަރާފައެއް ނުވެއެވެ. އެ މެޗަށްފަހު އިންގްލެންޑުން ވަރަށް ބޯޑަށް އުފާފާޅުކޮށްފައިވާ އިރު، އެ އުފާފާޅުކުރުންތަކުގެ ތެރޭގައި ހެންޑަސަން ވަނީ އިޝްތިހާރު ބޯޑެއްގައި އަޅައިގަނެ ވެއްޓިފައެވެ.
ހެންޑަސަން ވެއްޓުމާއެކު އިންގްލެންޑް މެޑިކަލް ޓީމުން ވަނީ އެތަނުންވެސް ފަރުވާ ދީފައެވެ. އޭނާ އެވަގުތު ހޮސްޕިޓަލަށް ގެންދަން ދަނޑުން ނެރުނީވެސް އަށިގަނޑުގައި އޮކްސިޖަން ގުޅައިގެންނެވެ. އެއީ އަތަށް ލިބުނު އަނިޔާ ސީރިއަސްވުމާ އެކުގައެވެ.
ހަބަރުތައް ބުނެފައި ވަނީ އިންގްލެންޑްގެ މިޑްފީލްޑަރު ހެންޑަސަންއަށް ލިބުނު އަނިޔާގެ ސަބަބުން ސާޖަރީއެއް ހަދަން ޖެހިފައިވާ ކަމަށެވެ.
އުމުރުން 36 އަހަރުގެ ހެންޑަސަންއަކީ ފުރަތަމަ 11 ގައި މިހާރު ހިމެނެމުންދާ ކުޅުންތެރިއެއް ނޫން ނަމަވެސް، އޭނާއަކީ އަދިވެސް ޓީމުގެ ލީޑަރެކެވެ. ކުރިން ލިވަޕޫލްގެ ކެޕްޓަންކަން ކުރި ހެންޑަސަން ޓީމަށް ނެގުމުގެ އެންމެ ބޮޑު ބޭނުމެއް ކަމަށްވެސް ބެލެވެނީ އޭނާގެ ލީޑާޝިޕެވެ.
ހެންޑަސަންގެ އަނިޔާއާ ގުޅިގެން އިންގްލެންޑް ޓީމުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް