ވަޒީފާއަށް އެދޭ ފޯމު ފުރުމާއި، އެ ފޯމު ހުށަހެޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު އެހީތެރިކަމަށް އެދިއްޖެ ނަމަ، އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަޒީފާ ދޭ ފަރާތާއި ކަމާގުޅޭ މިނިސްޓްރީގެ މައްޗަށް ލާޒިމު ކަމެއްކަމަށް ގަވާއިދުގައި ހިމަނައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑަށް ގެނައި އެއްވަނަ އިސްލާހު މިއަދުވަނީ ގެޒެޓުކޮށްފައެވެ.
އިސްލާހުގައިވާ ގޮތުން، ވަޒީފާއަށް އެދޭ ފޯމު ފުރުމާއި، އެ ފޯމު ހުށަހެޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު އެހީތެރިކަމަށް އެދިއްޖެ ނަމަ، އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަޒީފާ ދޭ ފަރާތާއި ކަމާގުޅޭ މިނިސްޓްރީގެ މައްޗަށް ލާޒިމު ކަމެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދޭން ވާނީ ކަނޑައެޅިފައިވާ ހާއްސަ މިންގަނޑުތަކަކަށް ފެތޭގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ވަޒީފާ އަދާކުރާ މާހައުލަކީ އެފަދަ ފަރާތްތަކަށް އެކަށީގެންވާ ތަނަކަށް ހެދުމަށް ގެންނަންޖެހޭ "ސަބަބުވެރި ބަދަލުތައް" ގެނައުމާއި، ވަޒީފާ ހަމަޖެއްސުމުގައި ގެންގުޅެންޖެހޭ އާންމު މިންގަނޑުތައް ހިމެނެއެވެ.
މީގެ އިތުރުން، ތައުލީމީ މަރުކަޒުތަކުގައި ކިޔަވާ ކުދިން ފިޔަވައި، ވަޒީފާއަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ އެހެން މީހުންގެ "ކޮމްޕީޓެންސީ ޕްރޮފައިލް" ތައްޔާރުކުރުމުގެ ޒިންމާ މިހާރު މަތިކޮށްފައިވަނީ މިނިސްޓްރީއަށެވެ.
އަދި މި ޕްރޮފައިލް ތައްޔާރުކޮށް، ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އެ މީހަކާ ހަވާލުކުރަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން
ނުކުޅެދުންތެރިކަން ހުންނަ މީހުން
ނުކުޅެދުންތެރިކަން ހުންނަ މީހުން
ކޮމެންޓް