ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ސައުދީ އަރަބިއްޔާގެ ވަފުދުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު އެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ސައުދީ އަރަބިއްޔާގެ ވަފުދާއެކު، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަހްޔާ ހަސަން އަލްގަހްތާނީވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ ވަޒީރުންނާއި ރައީސް އޮފީހުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި އެ ގައުމުގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދު، ރާއްޖެއާ މެދު ގެންގުޅުއްވާ ދީލަތިކަމަށް ޝުކުރު އަދާކުރާއްވާފައި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އުހްއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި އެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފައިވާކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް ސައޫދީ ސަރުކާރުން ދޭ އެއްބާރުލުން ރައީސް ވަނީ ފާހަގަކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ސައުދީ އަރަބިއްޔާގެ ވަފުދުން ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެރުވި ހޫނު މަރަހަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
އަލީ ޔާމިން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް