"ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ މަރުކަޒުތައް އުފެއްދެވީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެ މަރުކަޒުތަކަކީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ ތަންތަންގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.
"ސަރުކާރުގެ ހިދުމާތު މަރުކަޒު" ތަކުގެ ގޮތުގައި އުފެއްދެވީ
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ހއ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ހދ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ށ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ނ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ރ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ބ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ޅ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ކ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – އއ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – އދ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ވ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – މ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ފ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ދ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ތ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ލ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ގއ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ގދ. އަތޮޅު
ރައީސް އޮފީހުން ބުނީ ސަރުކާރުގެ ހިދުމަތު މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 65 ވަނަ މާއްދާގެ (ށ)ގެ އެކެއްގައިވާ ގޮތުގެ މަތިން އިންޓަގްރޭޓަޑް ސާވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.
ރައީސް އޮފީހުން ވަނީ ސަރުކާރުގެ ހިދުމާތު މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންތަކާއި ދައުލަތުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީގައި ނަންބަރު ޖެހުމުގައި ސަރުކާރުގެ ހިދުމާތު މަރުކަޒުތަކަށް ލިޔާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ މުއައްސަސާ ނަންބަރުތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިސްޓުވެސް ހިމަނުއްވާފައިވެއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް