ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓމުގެ ބާރަކަށް ނުދޭނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފިއެވެ.
ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކަށް އެކި ފަރާތްތަކުން ދައުވަތުދެމުން ގެންދާތީ، ބޭރުގެ ނޫސްވެރިން ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ސުވާލުކުރަމުން ގެންދާތީ ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، އެއްވެސް ހާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމަށެވެ.
"އަދި މިނޫން ގޮތަކަށް މޭރުންވެދާނޭ ފަދަޔަކުން ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް، އެއްވެސް ފަރާތަކުން ދައުވަތު ނުދިނުމަށް ދިވެހި ސަރުކާރުން އިލްތިމާސްކުރަމެވެ." ސަރުކާރުގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނީ ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު، ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ތަނެއްގައި ލައްވާފައިވާ ގައުމެއް ކަމަށެވެ. ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު ޕަސަންޓޭޖެއް ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު ކަނޑުއޮޅިތަކެއް ކަމަށް ވެސް ބުންޏެވެ.
އެ ބަޔާނުގައި ބުނީ ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ރާއްޖޭގެ މިނިވަންކަމަށާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށެވެ. އެ ކަމަކީ މި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް އަސަރުކުރާނޭ ކަމަކަށްވާތީ މިކަން މިގޮތަށް ނުކުރުމަކީ ދިވެހި ސަރުކާރުގެ އަސާސީ ސިޔާސަތެއް ކަމަށެވެ.
ބަޔާނުގައި ބުނީ ރާއްޖޭގެ ސަރަހައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ހަވާލު ނުކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ހިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.
ބަޔާނުގައި ބުނީ، ރާއްޖޭގެ ސަރަހައްދާއި ދިވެހި ދައުލަތުގެ ސިޔާދަތަކީ އޭގެ މައްޗަށް ރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލު ނުކުރެވޭނޭ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ހައްގެއްކަމަށެވެ. ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ގާނޫނުއަސާސީން ދިވެހި ދައުލަތާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށެވެ.
އަލީ ޔާމިން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް