ވިލިމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 37.7 ޓަނުގެ ކުނި ނަގައި ސާފުކޮށްފި އެވެ.
މާލެ ސިޓީކައުންސިލުން ބުނީ ފާއިތުވި ހަފުތާ ބަންދު ހޮނިހިރު ދުވަހު ކުރިޔަށްގެންދިޔަ ހަރަކާތަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ރަށް ސާފުތާހިރުކޮށް ބޭއްވުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
"ވިލިމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 37.7 ޓަނުގެ ކުނި ނަގައި، މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކަށް އަޅައިފައި ހުރި ގިނަ އަދަދެއްގެ ކުނި ނަގައި ސާފުކޮށްފައިވޭ." މާލޭ ސިޓީކައުންސިލުން ބުންޏެވެ.
އެ ހަރަކާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު އާއި، ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު ޣާލިބުއާއި، މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، މާލެ ސިޓީ ކައުންސިލްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި، ވިލިމާލެ ސެކްޝަނުގެ ހުރިހައި މުވައްޒަފުންގެ އިތުރުން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ވެސް އެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
އެ ހަރަކާތުން ފާހަގަވެގެންދިޔަ އެންމެ މުހިންމު އެއް ކަމަކީ، ވިލިމާލެ ފަދަ ރީތި ރަށެއް ސާފުތާހިރުކަންމަތީ ބޭއްވުމަށް ޓަކައި އަދި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން ކަމަށާއި ގިނަ އަދަދެއްގެ ކުނި ނެގިފައިވީ ނަމަވެސް، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރިޔަށް އޮތްތަނުގައި އާންމުންގެ އެއްބާރުލުން ބޭނުންވާކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
ފާތިމަތު ލިއުޝާ
ވިލިމާލެ
ވިލިމާލެ
ކޮމެންޓް