އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަނުކުރެވޭ ގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށް ތާއިދުކުރައްވާކަމަށް އެ ޕާޓީގެ އާ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ޕާޓީގެ އިދާރީ އެންމެ އިސް މަގާމުގައި ހުންނަވައިގެން ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެމްޑީޕީގެ ތެރޭގައި މިހާރު ދެކެވޭ ވާހަކަތަކަށް ބަލާއިރު، މިފަދަ އިސްލާހެއް ގެނައުމަށް އެންމެ ބޮޑަށް ބޭނުންވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ ފެކްޝަނުންނެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި އެ ބަދަލާ މެދު ގޮތްތަކެއް ނިންމާނެއެވެ.
"ޗެއާޕާސަންގެ މަގާމުގައި ހުރެ ރިޔާސީ ޓިކެޓަށް އުޅުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން،" ނަޝީދު ވިދާޅުވިއެވެ.
ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައިވެސް ނަޝީދު ވަނީ އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށާއި، ތާއިދު އޮތީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ކަމަށް ވިދާޅުވެފައެވެ. އަދި ދެ ބޭފުޅުން ގުޅިގެން "ބޮޑު ބަދަލު" ގެ ނަމުގައި ސިޔާސަތުތަކެއް އާންމުކުރައްވާފައިވާއިރު، އޭގެ ދަށުން ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނަވާނީ ނަޝީދު ކަމަށާއި، ސަރުކާރު ހިންގުމުގެ ވެރިއަކަށް ހުންނަވާނީ ފައްޔާޒުކަމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މީގެ އިތުރުން، ފައްޔާޒުއާ ގުޅުން ގޯސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ނަޝީދު ވަނީ މިއަދުގެ ބައްދަލުވުމުގައި ދޮގުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ފައްޔާޒުއާ އޮތް ގުޅުން ވަރަށް ބަދަހި ކަމަށާއި، ދެ ބޭފުޅުންގެ ސިޔާސީ މަސައްކަތްތައް ކުރިއަށްދަނީ އެކުގައި ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ ހަމައެކަނި ފައްޔާޒެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ވާދަކުރިޔަސް ނުކުރިޔަސް ދިވެހި ރައްޔިތުންނެއް ނަޝީދެއް ނުހޮވާނެއެވެ. އަދި ހޮވިޔަސް ވެރިކަމުން ބާލުވާނެއެވެ. ދެން އެގޮތަށް ދިވެހިން ނުކުމެ ބާލައިފިނަމަ، ވާނީ ވާނީ ކުރިން ވީގޮތަށް ވުރެން މާ ދެރަގޮތެކެވެ. ރަސޫލާއަށާއި ދީނަށް ފުރައްސާރަކުރިކުރުމަކަށް ދިވެހިންނެއް މާފެއް ނުދޭނެއެވެ.
އަލިބެ - 3 ގަޑި ކުރިން