ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަށް އެއްވެސް ކުއްޔަކާ ނުލައި، 25 އަހަރަށް ގުދަން ހަދަން ދީފައިވާ ކަމަށް ހާމަވެއްޖެއެވެ.
އެފްއޭއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ 50 އަހަރުގެ މުއްދަތައް ފީފާގެ ފޯވާޑްސް ޕްރޮޖެކްޓްސް ހިންގުމަށް ހާއްސަކޮސް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އެފްއޭއެމްއަށް ދޫކޮށްފައިވާ މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ މައްސަލައިގައި ގުދަން ހަދާފައިވާ ފަރާތްތަކުގެ ތެރެއިން ފިއުޗާ ހޯމްސްއިން ބިން ހުސްކުރުމަށް އެކި ފަހަރުގެ މަތިން އެންގުމުންވެެސް އެބިން ހުސްކުރުމަށް އިންކާރުކުރުމާއެކު އެ ބިން ހުސް ކުރުމަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން އެ ބިމުގައި ގުދަން ހަދާފައިވާ ފަރާތްތަކަށް ބިން ހުސް ކުރަން އެފްއޭއެމްއިން ދެ ފަހަރަކަށް މުއްދަތު ދީފައިވާ އިރު، އެ ބިމުގައި ގުދަންތައް ހަދާފައިވާ ފަރާތްތަކުން ބިން ހުސްކުރަން އިންކާރު ކުރަމުންދާތީ އެކަމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. އެގޮތުން އެފްއޭއެމްއިން ބުނީ އެ ބިމުގެ ސަބް އެއްބަސްވުންތައް ހަދާފައި ވަނީ ފީފާގެ ހުއްދަ ނުހޯދާ އިމާރާތުގެ ކުރެހުމަށް ބަދަލު ގެނެސްގެން ކަމަށާއި، އެއީ އެފްއޭއެމް އޭރުގެ އެކްސްކޯއިން ފާސްވެސް ނުކޮށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށެވެ.
އެ ބިންތަކުގެ ތެރެއިން ފިއުޗާ ހޯމްސްއަށް ދީފައިވާ ބިމުގެ ތަފްސީލުތައް އެފްއޭއެމްއިން އާންމުކޮށްފައިވާ އިރު، އެފްއޭއެމްގެ ބަޔާނުގައި ބުނީ އެ ކުންފުންޏަށް ދީފައި ވަނީ 2700 އަކަ ފޫޓުގެ ބިމެއް ކަމަށެވެ. އެއީ ޑެގް އަޅައިގެން ދެބުރިއަށް އިމާރާތް ކުރެވޭ ގޮތަށެވެ.
ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ކުންފުންޏަށް 25 އަހަރަށް ކުއްޔަކާ ނުލާ ބިން ދީފައިވާ އިރު، އެ ބިން ފިއުޗާ ހޯމްސްއަށް ދީފައި ވަނީ 1.8 މިލިއަން ރުފިޔާ ކުނި އުކި ކަމަށް ބުނެ، އޭގެ ބަދަލެއްގެ ގޮތުގައެވެ. އެފްއޭއެމްއިން އެކަން އެނގޭނެ އެއްވެސް އެއްބަސްވުމެއް ފިއުޗާ ހޯމްސްއާއި ދެމެދު ކުރިން ހަދާފައިވާކަން އެނގެން ނެތް ކަމަށެވެ.
އެފްއޭއެމް ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ލީޑާޝިޕްގައި ފިއުޗާ ހޯމްސްއަށް ބިން ދީފައި ވަނީ 2023 ވަނަ އަހަރު ޖެނުއަރީ އެއްވަނަ ދުވަހުއެވެ. އެފްއޭއެމްއިން ބުނީ ފިއުޗާ ހޯމްސްއިން އެތަނުގައި ގުދަން އިމާރާތްކޮށްފައިވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއާއި މާލޭ ސިޓީ ކައުންސިލް އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމަކާއި ނުލައިކަން އެ އިދާރާތަކުންވެސް އަންގައިފަ ވާނެ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
ކޮމެންޓް