މެދުއިރުމަތީގެ މައްސަލަތައް ނިމުމަކަށް ގެނައުމަށް އެކުލަވައިލާ ފަހުމުނާމާއާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ގަތަރުގެ ދޯހާގައި ކުރިއަށްދިޔަ މަޝްވަރާތައް ނިންމާލައިފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، އައިއާރުއެންއޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި ވަނީ އެއްބަސްވުމާ ހިލާފުވާ ކަންކަން ރިޕޯޓުކުރުމަށްޓަކައި ހާއްސަ މުވާސަލާތީ ނިޒާމެއް ގާއިމުކުރުމަށް ދެ ގައުމުން އެއްބަސްވެފައެވެ. މި ނިޒާމު މިއަދުގެ ނިޔަލަށް ގާއިމުކުރާނެ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ގަރީބްއާބާދީއާ ހަވާލާދީ އައިއާރުއެންއޭ އިން ބުނެފައިވަނީ، މިއީ ދެ ގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތައް ތަންފީޒުކުރެވޭ މިންވަރު ގާތުން ބެލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ނިޒާމުގެ ސަބަބުން މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.
ދޯހާގައި ކުރިއަށްދިޔަ މި މަޝްވަރާތަކަކީ މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުންތަކެކެވެ. ދެ ގައުމުން އެއްބަސްވި މުއާސަލާތީ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް