ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޕޯޗުގަލް އަދި ލިވަޕޫލްގެ ތަރި ޑިއޯގޯ ޖޮޓާ މަރުވުމަކީ މުޅި ކުޅިވަރުގައިވެސް މިދިޔަ އަހަރު ލިބުނު އެންމެ ބޮޑު "ޝޮކް"އެވެ. ޖޮޓާ މަރުވެފައި ވަނީ ސްޕެއިންގެ ޒަމޯރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. އެއީ ޖުލައި ތިންވަނަ ދުވަހުއެވެ. ކާރުގައި ތިބީ ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ އެވެ. ދެ މީހުންވެސް މަރުވެފައި ވަނީ ކާރު ކޮންޓްރޯލް ނުވެގެން ގޮސް، އަލިފާން ހިފައިގެންނެވެ.
ޖޮޓާގެ ލަމްބޯގިނީ ދުއްވާފައި ދިޔައީ އާދަޔާ ހިލާފު ބާރު ސްޕީޑެއްގައި ކަމަށް ތަހުގީގުތަކުން ބުނެއެވެ. އޭނާ ޕްރި ސީޒަނަށްފަހު އެނބުރި ލިވަޕޫލަށް ދިޔައީ ކައިވެންޏަށް ފަހު ޗުއްޓީ ނިންމާލައިފައެވެ.
ލަމްބޯގިނީއެއްގައި އެއްގަމު މަގުން ޖޮޓާ އިނގިރޭސިވިލާތަށް ދާން ދިޔައީ މަތިން ދަތުރުކުރުމަށް ޑޮކްޓަރު ހުއްދަ ދީފައި ނުވާތީއެވެ. އެއީ މައިނާ ސާޖަރީއެއްގެ ސަބަބުންނެވެ. ކާރުގައި ގޮސް ފެރީއެއްގައި އިނގިރޭސިވިލާތަށް ދާން ޖޮޓާ ދިޔަ މަގުމަތީގައި ކާރު އެކްސިޑެންޓްވީ ސްޕެއިންގެ ތެރެއިންނެވެ.
ޖޮޓާގެ ހަނދާންތަކާ އަދިވެސް ޕޯޗުގަލްއިން ވަކިވެގެން ނުދެއެވެ. މިދިޔަ އަހަރު ޖުލައި ތިންވަނަ ދުވަހު ޖޮޓާ ވަކިވި ވަކިވުމަށް އަހަރެއް ވާން ދާ އިރު، ޕޯޗުގަލްއަށް މިރޭ ވޯލްޑް ކަޕްގައި އޮތީ ހާއްސަ މެޗެކަށްވާނެއެވެ. ކްރޮއޭޝިއާއާ ދެކޮޅަށް އޮތް މެޗަކީ ޖޮޓާއަށްޓަކައި ހިތްވަރު ނެރޭނެ މެޗެއް ކަމަށް ކޯޗު މާޓިނޭޒް ވަނީ ބުނެފައެވެ.
"އަހަރެމެން އެންމެންވެސް މިތިބީ މެޗުން މޮޅުވާން ތަފާތު ހިތްވަރެއްގައި. އެއީ އަހަރެމެންގެ އާއިލާތަކަށް، އަދި ޑިއޭގޯ ޖޮޓާއަށްޓަކައި. އޭގެ އިތުރުން މުޅި ގައުމަށްޓަކައި. ޖޮޓާއަށްޓަކައި މި މެޗުން މޮޅުވާން ޖެހޭ. އެ ހިތްވަރު ލާނެ. އަހަރެމެން ޓީމުގެ އެންމެ ފުރިހަމަ މެޗަކަށް މިރޭގެ މެޗު ހަދަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން،" ޕްރި މެޗު ޕްރެސްގައި ކޯޗު ރޮބާޓޯ މާޓިނޭޒް ބުންޏެވެ.
ޖޮޓާގެ ހަނދާނުގައި ގައުމީ ޓީމުން ވޯލްޑް ކަޕްގައި ކުޅޭ އިރު، ހާއްސަ ބޭންޑެއް އަތުގައި އަޅަން ނިންމައި، އެ ބޭންޑް މިހާރު ވެސް ދަނީ މެޗުތަކުގައި ބޭނުންކުރަމުންނެވެ. ޕޯޗުގަލްއިން ޖޮޓާގެ ހަނދާނުގައި ކުޑަހުޅުގައި އަޅާ ބޭންޑަކީ އެގައުމުގެ ޕްރައިމް މިނިސްޓަރު ލުއިސް މޮންޓެނެގްރޯ ކުޅުންތެރިންނަށް ހަދިޔާ ކޮށްފައިވާ ބޭންޑެކެވެ. އެ ބޭންޑުގައި މިހާރު ސްކޮޑުގެ ހުރިހާ ކުޅުންތެރިންގެ ނަމާއެކު ޖޮޓާގެ ނަން ހިމަނާފައިވެއެވެ.
ޕޯޗުގަލް ގައުމީ ޓީމަށް 49 މެޗު، 14 ގޯލް ޖަހައިދީފައިވާ ޖޮޓާގެ ހަނދާނާ މިރޭގެ މެޗު ގުޅިގެންދާ އިރު، ކޯޗު މާޓިނޭޒް ވަނީ އިތުރަށް ޓެކްޓިކަލީވެސް މެޗަށް ވާހަކަ ދައްކައިފައެވެ. އެގޮތުން ޕޯޗުގަލްއަށް މިއީ ދެވަނަ ވޯލްޑް ކަޕެއް ފެށުން ކަހަލަ މެޗެއް ކަމަށް ކޯޗު މާޓިނޭޒް ބުންޏެވެ.
"މިއީ އަހަރެމެންނަށް އާ ވޯލްޑް ކަޕެއް ފެށުން ކަހަލަ ކަމެއް. އަހަރެމެން މި މެޗަށް ތައްޔާރުވާނީވެސް އެހެން. އެއީ ގްރޫޕް ސްޓޭޖު ދިޔައީ ވަރަށް އުނދަގޫކޮށް،" މާޓިނޭޒް ބުންޏެވެ.
ޕޯޗުގަލްއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗެވެ. ދެން ކޮލަމްބިއާގެ އިތުރުން ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުތަކުންވީ އެއްވަރެވެ. މާޓިނޭޒް ބުނީ 2018 ވަނަ އަހަރު ފައިނަލް ކުޅެ، 2022 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަނަރަޕް ހޯދި ކްރޮއޭޝިއާ ޓީމަކާ ދެކޮޅަށް ކުޅޭ އިރު، ވިސްނަން ޖެހޭނެ ކަމަށެވެ.
ޕްރި މެޗު ޕްރެސްގައި ކްރިސްޓިއާނޯ ރޮނާލްޑޯއާ ގުޅޭ ސުވާލުތައް އަމާޒުވެފައިވާ އިރު، މާޓިނޭޒް ވަނީ އޭނާ ފުލްކޮށް ކުޅުވުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ބުނެ، އެކަމަށް ރައްދު ދީފައެވެ. މާޓިނޭޒް ބުނީ ރޮނާލްޑޯއާއި ލޫކާ މޮޑްރިޗަކީ ގައުމުތަކުގެ އައިކަންއިން ކަމަށާއި، އުމުރަށް ބެލުމަކީ ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.
ކްރޮއޭޝިއާއާއި ޕޯޗުގަލް ވާދަކުރާ މެޗު އޮންނާނީ މިރޭ 4:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް