މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ފޯމު ރަނގަޅުކޮށް ފެންނަ އެއް ޓީމު، ފްރާންސް ސްޕެއިނަށްވުރެ މޮޅޭ ބުނުމަށް އެއްވެސް ޖާގައެއް ނެތް ކަމަށް ސްޕެއިންގެ ޒުވާން ތަރި، ލެމީން ޔަމާލް ބުނެފިއެވެ.
މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ފްރާންސް ފެނުނީ ފުރިހަމަ ޓީމެއްގެ ގޮތުގައެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާ އިރު، ސްޕެއިން ގަދަ 32 އަށް ދިޔައީ މަޑުޖެހުމަކަށްފަހުއެވެ. ފުރަތަމަ މެޗުގައި ސްޕެއިން ކޭޕް ވާޑް ކައިރިން 0-0 އިން އެއްވަރުވި ނަމަވެސް، ދެން ކުޅުނު މެޗުތަކުގައި ސައުދީ އަރަބިއާގެ އިތުރުން އުރުގުއާއީ ބަލިކުރިއެވެ.
ފްރާންސުން ރޭ ސްވިޑެންއާ ދެކޮޅަށް ކުޅެގެން ފަސޭހަކަމާއެކު ގަދަ 16 ޔަގީން ކޮށްފައިވާ އިރު، އެ ދެ ޓީމު ވެސް އޮތީ އެއް ފަޅިއެއްގައެވެ. އެހެންކަމުން ސެމީ ފައިނަލާ ހަމައިން ދެ ޓީމު ވާދަކުރަން ޖެހިދާނެއެވެ.
"ޔޫރޯގެ ފަހުން ފްރާންސުން ސްޕެއިން ބަލިކޮށްފައެއް ނެތް. އެހެންވީމަ ފްރާންސް ސްޕެއިނަށްވުރެ މޮޅެއް ނޫން،" ޔަމާލް ބުންޏެވެ.
"ގްރޫޕް ސްޓޭޖު މެޗުތަކުގެ ނަތީޖާގައި މިހާރު މާނައެއް ނޯންނާނެ. އަދި މިހާތަނަށް ފެވަރިޓެއްވެސް ނެތް. އަހަރެން ގަބޫލެެއް ނުކުރަން ފެވަރިޓުން ތިބޭނެ ކަމަކަށް. ރަނގަޅު، ފްރާންސް އޮތީ މަތީ ލެވެލްއެއްގައި. ފޯމުވެސް ރަނގަޅަށް. ރަނގަޅު މޮޅު ކުޅުންތެރިންވެސް އެބަތިބި ފްރާންސްގައި. އެކަމަކު އެ ޓީމަކީވެސް ވަކި ޓީމަކަށްވުރެ މާ މަތި ޓީމެކޭ ނުބުނެވޭނެ،" ސްޕެއިނާއެކު 2024 ވަނަ އަހަރު ޔޫރޯ ހޯދި ޔަމާލް ބުންޏެވެ.
ޔަމާލް ބުނީ ވޯލްޑް ކަޕް ހޯދުމަކީ ހުވަފެނެއް ކަމަށާއި، އެކަން މިފަހަރު ހާސިލުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް