މާލޭގެ ޓީ ޖެޓީ ސަރަހައްދަށް މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން މިރޭ ބުނީ މާލޭ ޓީޖެޓީ ސަރަހައްދުގައި "ކުރިމަގު" ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:31 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މި ދޯނި އަޑިއަށް ދާން ފެށީ ވ. އަތޮޅަށް މުދާ ހިފައިގެން ދަތުރުކުރުމަށްޓަކައި ޓީޖެޓީން ނުކުތް ވަގުތު ދޯނީގެ ދިޔަ ބޮޑުވެ، އަނބުރާ ބަނދަރަށް ވަތް ފަހުން ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އެމްޕީއެލްގެ މުވައްޒަފުން އަދި ދޯނީގެ ވެރިފަރާތް ގުޅިގެން ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަންނަނީ ބަލަމުންނެވެ.
އަލީ ޔާމިން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
ކޮމެންޓް