ބަނގުރާ ހުސްކުރި ކަމަށް ބެލެވޭ ފުޅިތަކަކާ އެކު ހަތަރު ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓަކުން ކަމަށެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 6:05 އެހައިކަން ހާއިރު، ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިގެން އެ ސަރަހައްދަށް ގޮސް އެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާނެ ހެކިތައް އެއްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނެއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންނާއި އުމުރުން 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ހުޅުމާލެ
ކޮމެންޓް