އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމާ ތަށި ހަވާލުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާނު ކުރައްވައިފިއެވެ.
އެމެރިކާގެ ރައީސް، އުމުރުން 80 އަހަރުގެ ޓްރަމްޕް މިހާތަނަށް ވޯލްޑް ކަޕްގެ މެޗެއް ބަލަން ސްޓޭޑިއަމަކަށް ވަޑައިގެންފައެެއް ނުވެއެވެ. ވޯލްޑް ކަޕްގެ ކުރިން ފީފާއިން ޓްރަމްޕަށް ޕީސް ޕްރައިޒް އަރުވާފައިވާ އިރު، އެކަމަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެފައި ވެއެވެ. އަދި މިހާރު ހުރި ފީފާގެ ރައީސް އިންފަންޓީނޯ ޓްރަމްޕާ ބާއްވާ ގާތް ގުޅުމަށްވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ.
އެހެން އެކަން އޮތް އިރު، އިންފަންޓީނޯ ރޭ އިއުލާނު ކުރެއްވީ ޖުލައި 19 ވަނަ ދުވަހު އެމެރިކާގެ މެޓް ލައިފް ސްޓޭޑިއަމުގައި އޮންނަ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ޓްރަމްޕް ވަޑައިގަންނަވާނެ ކަމަށެވެ. މޮޅުވާ ޓީމަކަށް ތަށި ހަވާލުކުރައްވާނީވެސް ޓްރަމްޕް ކަމަށް އިންޓަފީނިއޯ އިއުލާނުކުރެއްވިއެވެ.
ޓްރަމްޕް ވޯލްޑް ކަޕް މެޗަކުން ފެނިފައިނުވާތީ އެކަމާ ވައިޓް ހައުސްއަށް އަމާޒުވި ސުވާލަކަށް ޖަވާބު ދެމުން، ވައިޓް ހައުސްއިން ބުނީ މެޗުތަކަށް ޓްރަމްޕް ވަޑައިނުގަންނަވަނީ މާބޮޑަށް މަސައްކަތުގައި ބުރަ ބޮޑުވުމުން ކަމަށާއި، ޓްރަމްޕް ބޭނުން ވަނީ ސަޕޯޓަރުން ވޯލްޑް ކަޕް ފުރިހަމައަށް "އެންޖޯއި" ކުރަން ކަމަށެވެ.
މިފަހަރު ވޯލްޑް ކަޕްގައި 104 މެޗް ކުޅޭނެއެވެ. އޭގެ ތެރެއިން 78 މެޗު ހޯސްޓް ކުރަނީ އެމެރިކާގައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް