ފްރާންސް ކޯޗު ޑިޑިއޭ ޑިޝޯމްގެ މަންމަ މަރުވުމާ ގުޅިގެން، ފްރާންސުން ގްރޫޕް ސްޓޭޖުގައި ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ބެންޗުން ނުފެންނާނެ ކަމަށް ފެޑަރޭޝަނުން ބުނެފިއެވެ.
ޑިޝޯމްގެ މަންމަ މަރުވުމާ ގުޅިގެން އޭނާ މިހާރު ވަނީ ފްރާންސަށް ދާން ނިންމައިފައެވެ. އެއީ ޖަނާޒާގައި ބައިވެރިވުމަށެވެ. ފްރާންސްގެ ފެޑަރޭޝަނުން ބުނީ ނޯވޭ މެޗުގެ ކުރިން ޓީމުގެ ތަމްރީނުތަކުގައިވެސް ޑިޝޯމް ބައިވެރި ނުވާނެ ކަމަށާއި އެމެޗުގައި ބެންޗުންވެސް ނުފެންނާނެ ކަމަށެވެ.
ފްރާންސުން ބުނީ ޑިޝޯމްގެ މަންމަ މަރުވެފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި ޑިޝޯމް ޓީމާއެކު ނެތް ނަމަވެސް، ކޯޗުގެ ޒިންމާތައް އެސިސްޓެންޓް ކޯޗު ގާއި ސްޓެފަންއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފެޑަރޭޝަނުން ބުނެފައިވެއެވެ. އެއީ މިވަގުތު ޓީމާއެކު ހުރި ފެޑަރޭޝަންގެ ރައީސް ފިލިޕް ޑިއާލޯއާ މަޝްވަރާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ޑިޝޯމް ވަނީ 2018 ވަނަ އަހަރު ފްރާންސްގެ ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އަދި އޭގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައިވެސް ވޯލްޑް ކަޕް ކާމިޔާބުކުރި ޑިޝޯމްއާއެކު ފްރާންސުން 2022 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައިވެސް ކުޅެފައިވާ އިރު، މިފަހަރުގެ ދެވަނަ ބުރަށް އެޓީމު ވަނީ ކޮލިފައިވެސް ވެފައެވެ. އެއީ މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެގެންނެވެ. ފްރާންސުން ސެނެގާލް ކައިރިން 3-1 އިން މޮޅުވި އިރު، ރޭ އިރާގް ކައިރިން މޮޅުވީ 3-0 އިންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް