ގައުމީ ސަލާމަށް ހުއްޓިގެން ހުންނަ ވަގުތު ޓީމު ނުފެންނާތީ، އެކަމުގައި އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ނުރުހުން ފާޅުކޮށްފިއެވެ.
އިންގްލެންޑް މިފަހަރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ ކައިރިން ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.
ގައުމީ ސަލާމް ކިޔަން ކުޅުންތެރިން ހުއްޓޭތަން ވޯލްޑް ކަޕާ ދިމާކޮށް ފީފާއިން ބަދަލުކޮށްފައިވާ އިރު، މިހާރު ޓީމު އެއްކޮށް ތިބެނީ ދަނޑު މެދުގައި ކަހަލަ ގޮތަކަށެވެ. އެއީ އެއް ޓީމެއް އަނެއް ޓީމަށް ކުރިމަތިލައިގެން، ވަށް ބޮޅަކަށް އެތުރިގެންނެވެ. އެހެން އިންގްލެންޑް ޓީމުން ގައުމީ ސަލާމް ކިޔަމުންދިޔަ އިރު، ބެންޗުގައި ތިބި އޮފިޝަލުންނަށް އެތަން ފެންނަ ވަރެއް ނުވިއެވެ. އެއީ ކުރިމަތީގައި ތިބޭ ފޮޓޯގްރަފަރުންގެ އަދަދު މާ ގިނަވުމުންނެވެ.
އެހެން ބައެއް މެޗުތަކުގައިވެސް ބެންޗު ކުރިމަތީގައި ފޮޓޯގްރަފަރުން އެތުރިފައި ހުންނަތަން ފެނިގެން ގޮސްފައިވެއެވެ.
"އަހަރެން ފީފާ ކިބައިން އާދޭސް ކޮށްފައި މި ބުނަނީ ބެންޗު ކުރިމަތީގައި ތިބޭ އެ ފޮޓޯގްރަފަރުން އެހެން ދިމާލަކަށް ބަދަލުކުރަން. އެއީ އަހަންނަކަށް ނުފެނުނު އަހަރެންގެ ޓީމު ގައުމީ ސަލާމް ކީތަނެއް. އަހަރެން ހުރީ އެ ފަހުރުވެރި މަންޒަރު ބަލައިލަން ބޭނުންވެފައި،" ހިތްހަމަނުޖެހިފައި ހުރި ޓުޗެލް ބުންޏެވެ.
ޓުޗެލް ބުނީ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތު އޭނާއާ ބައި މީޓަރު ކައިރީގައި 50 އަކަށް ފޮޓޯގްރަފަރުން ތިބި ކަމަށާއި، އޭގެ ސަބަބުން އެ ވަގުތުކޮޅުގެ އުފާވެރިކަން އޭނާއަށް ގެއްލުނު ކަމަށެވެ.
ބައެއް މަންޒަރުތަކުން ފެނުނު ގޮތުގައި ސަޕޯޓަރުން ދުރަށް ޖައްސަން ޓުޗެލް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަން ނުވުމުން އޭނާ ފަހުން ކުޅުންތެރިން ގައުމީ ސަލާމް ކީތަން ބެލީ ސްޓޭޑިއަމްގެ ސްކްރީނުންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް