ރަޝިޔާގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އެމެރިކާއިން އަލުން ދަތިކުރުމުގެ ފިޔަވަޅުތައް ވަރަށް އަވަހަށް އަޅާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް ވެވުނު އެއްބަސްވުމާއެކު، ހޮރުމުޒް ކަނޑުއޮޅިން ތެޔޮ ސަޕްލައިކުރުން އާންމު ހާލަތަކަށް އައުމާ ގުޅިގެންނެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައިއަށް ހުރަސްއެޅުނަ ނުދިނުމަށެވެ. ނަމަވެސް މިހާރު ތެޔޮ ފޯރުކޮށްދިނުމުގެ ކަންކަން ރަނގަޅުވެފައިވާތީ، އަލުން ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ފާހަގަކުރެއްވިއެވެ.
މީގެ ކުރިން އީރާނުގެ މައްސަލަޔާ ގުޅިގެން ހޮރުމުޒް ކަނޑުއޮޅި ބަންދުވުމުން، އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ ކަނޑުމަގުން އުފުލާ ރަޝިޔާގެ ތެޔޮ ގަތުމަށް ބައެއް ގައުމުތަކަށް ހުއްދަދީ، ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.
އެމެރިކާއިން ރަޝިޔާއަށް ދިން އެ ލުއިތަކުގެ ސަބަބުން ޔޫރަޕްގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން - އީޔޫ) އާއި ޔޫކްރެއިންގެ ފާޑުކިޔުން އެމެރިކާއަށް އަމާޒުވިއެވެ. އެ ފަރާތްތަކުން ބުނަމުންދިޔައީ، މިއީ ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް މާލީ ގޮތުން ލިބޭނެ ބޮޑު ފައިދާއެއް ކަމަށެވެ. އަދި އެއީ ރަޝިޔާއަށް ފިއްތުންތައް ކުރިމަތިކުރުމަށް ޖީ7 އިން ގެންގުޅޭ ސިޔާސަތާ ހިލާފު ކަމެއް ކަމަށް ވެސް އީޔޫއިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އިނގިރޭސިވިލާތުން މިހާރު ވަނީ ރަޝިޔާއިން ސިއްރުން ތެޔޮ އުފުލުމަށް ބޭނުންކުރާ ބޯޓުފަހަރުތަކަށް އަމާޒުކޮށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް ވެސް އިއުލާނުކޮށްފައެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް