އުންމީދީ ޓީމަކާއެކު ނުކުމެ، މޮރޮކޯއިން ގަތަރު ވޯލްޑް ކަޕް 2022 ގައި އެތައް ބަޔަކު ހައިރާން ކޮށްލިއެވެ. އެއީ އެފްރިކާގެ ޓީމަކުން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއާއެކުގައެވެ. މޮރޮކޯއިން ގަތަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނެވެ. އެއީ ޖާދުވީ ދަތުރެކެވެ. މޮރޮކޯއިން ވަނީ ބެލްޖިއަމާއި ސްޕެއިންގެ އިތުރުން ޕޯޗުގަލްވެސް ބަލިކޮށްފައެވެ. ސްޕެއިނާއި ޕޯޗުގަލް ކަޓުވާލީ ހިތްދަތި ކޮށްލައިފައެވެ.
މޮރޮކޯއިން ވޯލްޑް ކަޕަށް ނުކުންނާނީ އެފްރިކާގެ ޗެމްޕިއަނުންގެ ގޮތުގައެވެ. ސެނެގާލާއެކު ކުޅުނު ޑްރާމާ ބޮޑު ފައިނަލާއެކު މޮރޮކޯއަށް ތަށި ލިބުނީ މާފަހުން ނިންމި ނިންމުމަކުންނެވެ. އަދިވެސް މައްސަލަ އޮތީ ކުރިއަށެވެ.
މިފަހަރު ވޯލްޑް ކަޕަށް މޮރޮކޯ ނުކުންނަނީ ކޯޗު، މުހައްމަދު ވަހްބީއާއެކުގައެވެ. އުމުރުން 49 އަހަރުގެ ކޯޗުގެ ނަޒަރުގައި މިހާރު މޮރޮކޯއަކީ ހަތަރު އަހަރު ކުރީގެ "އަންޑަ ޑޯގް" ޓީމު ނޫން ކަމަށެވެ.
"ބްރެޒިލްވެސް ޖެހިލުމެއް ނުވާނެ. އަހަރެމެންވެސް ޖެހިލުމެއް ނުވާނެ. އަހަރެމެން މިހާރު މި ހުޅުވާލަނީ އާ ސަފުހާއެއް. އަހަރެމެންނަށް މިހާރު ކުރިއަށްވުރެ ބޮޑަށް އިހުތިރާމް ލިބޭ. އެ އިހުތިރާމް ދަމަހައްޓަން އަހަރެމެން ތަފާތު ދައްކަން ޖެހޭ. މިހާރު މޮރޮކޯއަކީ ވޯލްޑް ކަޕުގައިވެސް ތަށްޓަށް ނުކުންނަން ޖެހޭ ޓީމެއް،" ވަހްބީ ފާހަގަކުރިއެވެ.
މީގެ ތިން މަސް ކުރިން މޮރޮކޯ ޓީމާ ހަވާލު ވަހްބީއަށް މިރޭ ކުރިމަތިލާން ޖެހެނީ ދުނިޔޭގެ ޗެމްޕިއަންކަން ރެކޯޑު ފަސް ފަހަރު ހޯދާފައިވާ ބްރެޒިލާ ދެކޮޅަށެވެ. އޭނާއަށް މިފަހަރު އަނިޔާގެ ބައެއް މައްސަލަތަކާވެސް ކުރިމަތިލާން ޖެހިފައިވެއެވެ. ނާއިފް އަގުއާޑާއާއި އަބްދޭ އަޒަލޫލީ ބަދަލުކުރަން ޖެހިފައިވާ އިރު، އެއީ މޮރޮކޯއަށް ބޮޑު ގެއްލުމެކެވެ.
ވަހްބީ ފާހަގަކުރީ އިދިކޮޅަށް ނުކުންނަނީ ބްރެޒިލް ނަމަވެސް، މޮރޮކޯގެ އަސްލު ދޫކޮށް ނުލާނެ ކަމަށެވެ. ހާއްސަކޮށް މޮރޮކޯ ކުޅޭނީ މޮރޮކޯގެ ގޭމް ކަމަށް އޭނާ ފާހަގަކުރިއެވެ. ވަހްބީއަކީ މީގެ ކުރިން މޮރޮކޯގެ 20 އަހަރުން ދަށާއި، 23 އަހަރުން ދަށުގެ ޓީމުތަކަށް ކޯޗުކަން ކޮށްދީފައިވާ ކޯޗަކަށްވީ އިރު، އޭނާ ބުނީ މޮރޮކޯގެ ފުޓުބޯޅަ ސަގާފަތް ދޫކޮށް ނުލާނެ ކަމަށެވެ.
މޮރޮކޯއިން ބްރެޒިލާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 3:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026