ވޯލްޑް ކަޕް 2026ގެ އެމެރިކާގައި ކުޅޭ މެޗުތައް ބަލަން ދިޔުމުގެ ހަރަދު އިންތިހާއަށް ބޮޑުވެފައި އޮތުމާއެކު، ޖަރުމަނުގެ 600 ސަޕޯޓަރުން އެކުއެޑޯ މެޗަށް ދާން ކުރާ ދަތުރުގެ ހަރަދުތައް ކުޅުންތެރިން ހިފާ ގޮތަށް ނިންމައިފިއެވެ.
ޖަރުމަނުން ވޯލްޑް ކަޕްގެ ގްރޫޕް އީގައި ކުޅޭ އެންމެ ފަހު މެޗުގައި އެކުއެޑޯއާ ދެކޮޅަށް ނުކުންނާނީ ނިއު ޔޯކު، ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ. ސަޕޯޓަރުން ނިއު ޔޯކުގެ ސްޓޭޑިއަމަށް ކުރަން ޖެހޭ ދަތުރުގެ އަގުވެސް އޮތީ އިންތިހާއަށް އުފުލިފައެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕާއި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގައި އެތެރޭ ދަތުރުތައް ހިލޭ ކުރެވުނު ނަމަވެސް، ޖަރުމަނުގެ ސަޕޯޓަރުން ފަހު މެޗަށް ކުރަން ޖެހޭ ހަރަދު މިފަހަރު ބޮޑުވާނެއެވެ.
ނިއު ޖާޒީގެ އެތެރޭ ދަތުރުތަކުގައި ބޭނުންކުރާ ރޭލު ދަތުރުގެ އަގު ފުރަތަމަ 150 ޑޮލަރަށް އަރައިގެން ދިޔަ ނަމަވެސް، އެ އަގަށް ފާޑު ކިޔުމުގެ ސަބަބުން އަގު ވަނީ 98 ޑޮލަރަށް ކުޑަކޮށްފައެވެ. އެއީ ވޯލްޑް ކަޕް އައުމުގެ ކުރިން 12.90 ޑޮލަރަށް އަގުހުރި ރޭލު ދަތުރެކެވެ.
ޝަޓަލް ބަހުގެ އަގު ފުރަތަމަ 80 ޑޮލަރަށް އަރައިގެން ދިޔަ ނަމަވެސް، ހަބަރުތައް ބުނީ މިހާރު އެ އަގު 20 ޑޮލަރަށް ކުޑަވެފައިވާ ކަމަށެވެ.
"ނިއު ޔޯކުގައި ކުޅޭ މެޗުތަކަށް ސަޕޯޓަރުންގެ ދަތުރު ހަރަދު މާބޮޑަށް އަގުބޮޑުވުމުގެ ސަބަބުން، ގައުމީ ޓީމުގެ ކުޅުންތެރިން އެކުވެގެން 600 ސަޕޯޓަރުންގެ ދަތުރު ހަރަދު ހިފަން މިހާރު ވަނީ ނިންމާފައި. އެކަމަށް ކެޕްޓަން ޖޯޝުއާ ކިމިކް އިސްނަގައިގެން އެހެން ހުރިހާ ކުޅުންތެރިންވެސް ވަނީ އެއްބަސްވެފައި،" ޖަރުމަނު ގައުމީ ޓީމުން ބުންޏެވެ.
ޖަރުމަނުން މިފަހަރު ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ކިއުރަސާއޯއާ ކުޅޭނީ ހިއުސްޓަންގައެވެ. އޭގެފަހުން އައިވޮރީ ކޯސްޓާ ދެކޮޅަށް ޓޮރޮންޓޯގައި ކުޅެފައި އެކުއެޑޯއާ ދެކޮޅަށް ނިކުންނާނީ ނިއު ޔޯކުގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026