އެމެރިކާއަށް ވޯލްޑް ކަޕް ބަލަން ދާން މަސައްކަތް ކޮށް، ވިސާ ހަމަނުޖެހި ތިބި އާޖެންޓީނާ ރައްޔިތުންނަށް ހިލޭ ޓީވީ ބަހަން އެގައުމުގެ ކުންފުންޏެއް ކަމަށްވާ ނިއުސްމަންއިން ނިންމައިފިއެވެ.
ހަބަރުތައް ބުނެފައި ވަނީ އެމެރިކާއަށް މެޗު ބަލަން ދާން މަސައްކަތް ކުރި އާޖެންޓީނާގެ ގިނަ ބަޔަކަށް ވިސާ ހަމަނުޖެހި، އެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. އެ ފުރުސަތު ގެއްލުނު މީހުންގެ ތެރެއިން ނިއުސްމަން އޮފީހަށް މާދަމާ ދާ އެންމެ ފުރަތަމަ 100 މީހަކަށް ހިލޭ ޓީވީ ދޭން އެ ކުންފުނިން ވަނީ ނިންމައިފައެވެ. އެއީ ލިޔެކިޔުންތައް ހިފައިގެން ގޮސްފި ކަމަށްވާނަމައެވެ.
ނިއުސްމަންއިން ދޭން ނިންމާފައި ވަނީ ނޮބްލެކްސް ބްރޭންޑްގެ ޓީވީއެވެ. މިހާރުވެސް ޓީވީ ދޫކުރަމުން އަންނަ އިރު، އެ ކުންފުނީގެ އޮފީސް ކައިރީ މިއަދުވެސް ކިޔު ހަދާފައިވެއެވެ.
އެ ކުންފުނިން ކުރި އިޝްތިހާރުގައި ބުނީ މިއަހަރު ޖެނުއަރީން ޖޫން މަހާ ދޭތެރޭގައި އެމެރިކާއަށް ދާން މަސައްކަތްކޮށް ވިސާ ނުލިބި ތިބި ހުރިހާ އެންމެންނަށްވެސް އެ ކުންފުނިން ޓީވީ ހޯދަން މަސައްކަތް ކުރެވޭނެ ކަމަށެވެ.
މިހާތަނަށް އާޖެންޓީނާއިން ތިން ފަހަރު ވޯލްޑް ކަޕް ހޯދާފައިވާ އިރު، އެންމެފަހުގެ ޗެމްޕިއަނަކީވެސް އެޓީމެވެ. އެގޮތުން އާޖެންޓީނާއިން ވަނީ 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އާޖެންޓީނާއަށް މިފަހަރު ވޯލްޑް ކަޕް ހާއްސަވާ އަނެއް ސަބަބަކީ ކެޕްޓަން އަދި އައިކަން ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕަށް މި ވޯލްޑް ކަޕް ވާނެތީއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026