ޖަޕާނާއި ނޭޕާލަށް އިންޑިއާގެ އަނބު އެތެރެކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ކަރަންޓީނު މިންގަނޑުތަކާ ހިލާފުވުމާއި، ގަސްގަހާގެއްސަށް ޖަހާ ބޭހުގެ (ޕެސްޓިސައިޑް) އަސަރު ހުރި މިންވަރު މަތިވުމުގެ ސަބަބުންނެވެ.
ހަބަރުތައް ބުނާ ގޮތުގައި ޖަޕާނުން އިންޑިއާގެ އަނބު އެތެރެކުރުން މަނާކޮށްފައިވަނީ، އުއްތަރު ޕްރަދޭޝްގައި ހުންނަ ވޭޕަރ ހީޓް ޓްރީޓްމަންޓް (ވީއެޗްޓީ) ފެސިލިޓީއެއްގައި ސޫފި ކޮންޓްރޯލްކުރުމަށް އަޅާންޖެ ހޭ ފިޔަވަޅުތައް ފުރިހަމަކޮށްފައި ނުވާކަން ފާހަގަކުރެވިގެންނެވެ. މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ޖަޕާނުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ނޭޕާލުން މި ފިޔަވަޅު އަޅާފައިވަނީ، އިންޑިއާއިން އެތެރެކުރި އަނބުގައި ޕެސްޓިސައިޑް ހުރި މިންވަރު، ރައްކާތެރިކަމުގެ މިންގަނޑުތަކަށްވުރެ މަތިކަން ކަރަންޓީނު އިންސްޕެކްޝަންތަކުން ދެއްކުމާ ގުޅިގެންނެވެ. ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ނިންމުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެކެވެ.
ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި މި ދެ ގައުމުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، އިންޑިއާއިން އެކްސްޕޯޓުކުރާ މަތީ ފެންވަރުގެ އަނބުގެ ބާވަތްތައް ކަމަށްވާ އަލްފޮންސޯ، ކެސަރ، ލަންގްރާ އަދި ބަންގަނަޕައްލީ އެކްސްޕޯޓުކުރުމަށް ވަނީ ހުރަސްއެޅިފައެވެ. ނޭޕާލުން އަނބު އެތެރެކުރުން މަނާކުރުމުގެ ކުރިން، ގާތްގަނޑަކަށް 1 މިލިއަން ރުޕީސްގެ އަގުހުރި 15.8 މެޓްރިކް ޓަނުގެ އަނބު އެ ގައުމަށް އެތެރެކޮށްފައިވެއެވެ.
އިންޑިއާގެ އެކްސްޕޯޓަރުން ބުނި ގޮތުގައި، މި ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ފެންވަރާމެދު ބައިނަލްއަގުވާމީ ބާޒާރުގައި ސުވާލު އުފެދުމުގެ ފުރުސަތު އެބައޮތެވެ. ހާއްސަކޮށް ޖަޕާނަކީ ފެންވަރު ރަނގަޅު މޭވާގެ ބާވަތްތަކަށް ބޮޑު އަގެއް ލިބޭ މާކެޓަކަށް ވުމުން، މިއީ އެކްސްޕޯޓަރުންނަށް ލިބުނު ބޮޑު ގެއްލުމެއްކަން އެ ފަރާތްތަކުން ފާހަގަކުރިއެވެ.
ޖަޕާނުގެ ޔޮކޮހާމާ ޕްލާންޓް ޕްރޮޓެކްޝަން އެސޯސިއޭޝަނުން ވަނީ، 2026 މާރިޗު 25 ގެ ފަހުން ސެޓްފިކެޓް ދޫކޮށްފައިވާ އިންޑިއާގެ އަނބު ޝިޕްމަންޓްތައް ބަލައިނުގަންނާނެ ކަމަށް އަންގައިފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ