މިއަހަރުގެ "އުރީދޫ ފަން ރަން 2026" ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި އަދި އެންމެ ކުލަގަދަ މި ދުވުން، މިއަހަރު އޮންނާނީ ޑިސެމްބަރު 11 ގައި ހުޅުމާލޭގައެވެ.
މި ދުވުމުގައި 6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. މިއީ 5 ކިލޯމީޓަރުގެ ދުވުމެކެވެ. މި ދުވުމުގައި މަޖާ އޮބްސްޓިކަލްތަކާއި ތަފާތު މަޖާ ހަރަކާތްތައް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ނޫނީ ނަށަމުންވެސް މި ދުވުން ނިންމާލެވިދާނެއެވެ.
މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ 110 ރުފިޔާގެ ސްޓޭންޑަޑް ކިޓާއި 210 ރުފިޔާގެ ފަން ކިޓެވެ. ސްޓޭންޑަޑް ކިޓުގައި ފަން ރަން ޓީޝާޓާއި މަލްޓިޕާޕަސް ބަންޑާނާ އަދި ބިބް ހިމެނޭ އިރު، ފަން ކިޓުގައި މީގެ އިތުރުން ހާއްސަ ދަބަހަކާއި އަވިއައިނު ހިމެނެއެވެ.
މީގެ އިތުރުން، އޮކްޓޫބަރު 31 ގެ ކުރިން ރަޖިސްޓްރީވި ފަރާތްތަކަށް ވަނީ އެއްވެސް އިތުރު އަގަކާ ނުލައި ބިބްގައި ބޭނުންވާ ނަން ޖެހުމުގެ ފުރުސަތު ވެސް ދީފައެވެ.
މި ދުވުމުގެ ފޯރި އިތުރުކުރުމުގެ ގޮތުން ޕްރީ-އިވެންޓް ހަރަކާތްތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޑިސެމްބަރު 10 ވަނަ ދުވަހުގެ 16:00 އިން 18:00 އަށް ކުޑަކުދިންގެ ހަވީރެއް ބޭއްވުމުގެ އިތުރުން، އެރޭ 8:00 އިން ދަންވަރު 12:00 އަށް ހާއްސަ މިއުޒިކް ޝޯއެއް ކުރިއަށް ގެންދާނެއެވެ.
މިއީ ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު އާއިލާ އާއި ރައްޓެހިންނާ އެކު ބައިވެރިވާ ދުވުމެކެވެ. އެގޮތުން މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި ވެސް 7،500 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް