މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް އާމްދަނީގެ ގޮތުގައި 577 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އުރީދޫން އާންމުކުރި އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅައިބަލާއިރު 5.1 ޕަސަންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން މި މުއްދަތުގައި ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި ވަނީ 182 މިލިއަން ރުފިޔާ ލިބިފަ އެވެ.
އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޮބައިލް ހިދުމަތްތަކުންނެވެ. އެގޮތުން މޮބައިލް ހިދުމަތްތަކުން 398 މިލިއަން ރުފިޔާ ލިބުނުއިރު، ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން ވަނީ 177 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފަ އެވެ.
މި ނަތީޖާއާ ގުޅިގެން އުރީދޫގެ މެނޭޖިން ޑިރެކްޓަރު ޝާޑީ ގަވަސްމީ ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައިވެސް އެ ކުންފުންޏަށް މާލީ ގޮތުން ރަނގަޅު ނަތީޖާއެއް ހާސިލުކުރެވިފައިވާ ކަމަށެވެ. މިއީ ކުންފުނީގެ ހިންގުމުގެ ހަރުދަނާކަމާއި ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ ކުއާޓަރުގައި އުރީދޫން ވަނީ އެ ކުންފުނީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފަ އެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް ޗައިލްޑް ސޭފް، ޓްރޫ ކޯލާ ޕްރީމިއަމް އަދި ސޮނީލިވް ސަބްސްކްރިޕްޝަން ފަދަ އައު ހިދުމަތްތަކެއް އެ މުއްދަތުގައި ވަނީ ތައާރަފުކޮށްފަ އެވެ.
އަލީ ޔާމިން
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް