ބްރެޒިލް ގައުމީ ޓީމުގެ ފުލްބެކް ވެސްލޭއަށް އަނިޔާވުމުން، ވޯލްޑް ކަޕް 2026 ގެ ސްކޮޑަށް އޭނާގެ ބަދަލުގައި އެޑަސަން ނަގައިފިއެވެ.
އުމުރުން 22 އަހަރުގެ ވެސްލޭއަށް އަނިޔާވެފައި ވަނީ ބްރެޒިލުން ރޭ ކުޅުނު ވޯލްޑް ކަޕް ވާމް އަޕް މެޗުގައެވެ. އެއީ މިސްރާ ދެކޮޅަށް ކުޅެ، 2-1 އިން މޮޅުވި މެޗުގައެވެ. އަނިޔާވެފައި ވަނީ ވާތު ފައިގެ އުކުޅުވަޅަށެވެ.
ރޭގެ މެޗަށްފަހު ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނީ ވެސްލޭގެ ޓެސްޓްތައް ހަދަމުންދާ ކަމަށެވެ. އޭގެ އިތުރުން އެންޗެލޮޓީ ބުނީ ވޯލްޑް ކަޕަށް ފިޓް ނުވާނަމަ އެހެން ކުޅުންތެރިޔަކަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި އެކަމަށް ވަގުތު ދޭނެ ކަމަށްވެސް ބުނެފައިވެއެެވެ.
ހަބަރުތައް ބުނީ ވެސްލޭގެ ބަދަލުގައި ބްރެޒިލް ސްކޮޑަށް އެޑަސަން ނަގަން ނިންމާފައިވާ ކަމަށެވެ.
އިޓަލިއަން ސެރެއާ އޭގެ އެޓަލާންޓާއަށް ކުޅެމުންދާ މިޑްފީލްޑަރު އެޑަސަން ދާދިފަހުން ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފައެވެ. އެއީ 35 މިލިއަން ޕައުންޑްގެ އަގަކަށެވެ.
އެޑަސަން ވަނީ ނިމިދިޔަ ސީޒަނުގައި އެޓަލާންޓާއަށް 30 މެޗު ކުޅެފައެވެ. އެޑަސަން ވަނީ މީގެ ކުރިން ބްރެޒިލް ގައުމީ ޓީމަށް ތިން މެޗެއް ކުޅެފައެވެ. އޭނާ ވަނީ 2024 ވަނަ އަހަރު ބްރެޒިލުން ނެގި ކޮޕާ އެމެރިކާ ސްކޮޑުގައި ހިމެނިފައެވެ. އެޑަސަން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗަކީ މެކްސިކޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެކެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026