ލިވަޕޫލްގެ ލެޖެންޑް ކެނީ ޑަލްގްލީޝްއަށް ކެންސަރު ޖެހި ފަރުވާދެމުންދާ ކަމަށް އޭނާ ބުނެފިއެވެ.
ލިވަޕޫލާއެކު 30 ތަށި ހޯދާފައިވާ ޑަލްގްލީޝްއަށް ކެންސަރު ޖެހުނުކަން އޭނާ އިއުލާނުކުރީ ސޯޝަލް މީޑިއާގައެވެ. ޑަލްގްލީޝް ބުނީ އޭނާއަކީ އާންމުކޮށް ސޯޝަލް މީޑިއާ ބޭނުންކުރާ މީހެއް ނޫން ކަމަށާއި، ކެންސަރު ޖެހުނު ވާހަކަވެސް ހިއްސާކުރަން ކޮންމެހެން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު އެނގުނު ނަމަވެސް އާއިލާއަށް ބޭނުންވާ ޕްރައިވެސީ ދޭން އެދިފައިވެސް ވެއެވެ.
އުމުރުން 75 އަހަރުގެ ޑަލްގްލީޝް ވަނީ ލިވަޕޫލަށް 13 ސީޒަނެއްގައި ކުޅެ، 172 ގޯލް ޖަހައިދީފައެވެ. އެ ދުވަސްތަކުގައި އޭނާ ވަނީ ލިވަޕޫލާއެކު ހަ ލީގު ތަށި ހޯދައި، ތިންފަހަރު ޔޫރަޕްގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ. އޭގެފަހުން ކޯޗެއްގެ ގޮތުގައިވެސް ޑަލްގްލީޝް ވަނީ ލިވަޕޫލާއެކު ތިން ލީގު ތަށްޓާއެކު ދެ އެފްއޭ ކަޕްވެސް ހޯދައިފައެވެ.
ޑަލްގްލީޝްއަށް ޖެހުނު ކެންސަރުގެ ބާވަތެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް