ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން އަތުލައިގެންފިއެވެ.

ކަސްޓަމުން މިރޭ ބުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ރާއްޖެ އެތެރެކުރަން އުޅުނު އެ މަސްތުވާތަކެއްޗަކީ މެތަމްފެޓަމިން ކަމަށެވެ.

މެތަމްފެޓަމިން 941 ގްރާމު ރާއްޖެއަށް އެތެރެކުރަން އުޅުނުކަމަށް ކަސްޓަމުން ބުންޏެވެ.

އެތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމުން ބުންޏެވެ.