އުތުރު އެމެރިކާގައި އަންނަ މަހު ފަށަން ތައްޔާރުވެފައިވާ ފީފާ ވޯލްޑް ކަޕް 2026، އިންޑިއާއަށް ދެއްކޭނެ ގޮތެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުކޮށް، ފީފާއިން ޒީ އެންޓަޓައިންމަންޓާއެކު އެއްބަސްވުން ހަދައިފިއެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެގައުމު ކަމަށްވާ ޗައިނާއާއި އިންޑިއާއަށް ވޯލްޑް ކަޕް ނުފެނިދާނެކަމުގެ ބިރު، މީގެ މަހެއްހާ ދުވަސް ކުރިންވެސް އޮތެވެ. އެހެން ނަމަވެސް މިހާރު ފީފާއިން ވަނީ ޗައިނާއާއި އިންޑިއާއެކުވެސް ވޯލްޑް ކަޕް ދެއްކުމަށް ބްރޯޑްކާސްޓިން ޑީލްތައް ނިންމައިފައެވެ. ޗައިނާއަށް ވޯލްޑް ކަޕް ދައްކަން ރައިޓްސް ގަނެފައި ވަނީ ސަރުކާރު ޓީވީންނެވެ.
އޭގެފަހުންވެސް އިންޑިއާގެ މައްސަލައަށް ހައްލެއް ނުލިބި އޮތް އޮތުމަށް މަޝްވަރާކުރަން ފީފާގެ ޓީމެއް އިންޑިއާއަށް ގޮސްފައިވެސް ވެއެވެ.
ފީފާއިން އިންޑިއާއަށް ރައިޓްސް ވިއްކަން އެންމެ ފުރަތަމަ 100 މިލިއަން ޑޮލަރުގެ އަގެއް ކިޔާފައިވީ ނަމަވެސް ފަހުން އެ އަގު ވަނީ 60 މިލިއަން ޑޮލަރަށް ކުޑަ ކޮށްފައެވެ. އެހެންނަމަވެސް އިންޑިއާއިން އޭރު މަޝްވަރާ ކުރަމުންދިޔަ ރިލައިންސް އަދި ޑިސްނީ ހިއްސާވާ ޖޮއިންޓް ކުންފުނިން ވަނީ އެ އަގު ބޮޑު ކަމަށްބުނެފައެވެ. އަދި ފަހުން 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕް އިންޑިއާއަށް ދެއްކި ޖިއޯސްޓާގެ ހިއްސާދާރު، ބިލިއަނަރު މުކޭޝް އަމްބާނީގެ ވިއާކޮމް18 އިން 20 މިލިއަން ޑޮލަރު ފީފާއަށް ހުށަހެޅުމުން އެއަގަށް ފީފާއިން ވަނީ އިންކާރު ކޮށްފައެވެ.
އޭގެ ކުރިން 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އިންޑިއާއާށް ދެއްކި ސޮނީންވެސް މިފަހަރު ބިޑް ކޮށްފައި ނުވާ އިރު، ހަބަރުތައް ބުނީ ބޮޑެތި ކުންފުނިތަކުން ބިޑް ނުކުރަން ނިންމާފައި ވަނީ މެޗުތައް އޮންނަ ގަޑީގެ ގޮތުން ކަމަށެވެ.
ހަބަރުތައް ބުނީ ޒީއާއެކު ހެދި އެއްބަސްވުމާއެކު ޒީއަށް 29 ފީފާ އިވެންޓެއްގެ ރައިޓްސް ލިބޭނެ ކަމަށެވެ. އެ އެއްބަސްވުމުގެ އަގު ހާމަކޮށްފައި ނުވާ އިރު، އެ ޑީލް ތެރޭގައި 2027 ވަނަ އަހަރު އޮންނަ އަންހެން ވޯލްޑް ކަޕްވެސް ހިމެނޭ ކަމަށް ވެއެވެ.
ވޯލްޑް ކަޕް ރައިޓްސްއާއެކު ޒީއަށް ވަނީ ކުޅިވަރު ބްރޯޑްކާސްޓިންގައި ފިޔަވަޅެއް ކުރިއަށް ޖެހިލަން ފުރުސަތު ލިބިފައެވެ. އިންޑިއާއަށް އިނގިރޭސި ޕްރިމިއާ ލީގާއި އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ދެއްކުމުގެ ހުއްދަވެސް އޮންނަނީ އަމްބާނީގެ ޖިއޯސްޓާ އަތުގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026