ލިވަޕޫލްގެ ކޯޗުކަމުން އާނޭ ސްލޮޓް ވަކިކޮށްފިއެވެ.
އުމުރުން 47 އަހަރުގެ ސްލޮޓް މަގާމުން ދުރުކުރިކަން ލިވަޕޫލުން ވަނީ ޔަގީން ކޮށްދީފައެވެ. ކްލަބުން ބުނީ ސްލޮޓް އެ ކްލަބަށް ރަނގަޅު ކުރިއެރުންތަކެއް ހޯދައިދިން ނަމަވެސް، އުނދަގޫ ނިންމުމަކާއެކު އޭނާއާ ވަކިވާން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ލިވަޕޫލުން ބުނީ ސްލޮޓަކީ އަބަދުވެސް ޒިންމާ ނެގި ކޯޗެއް ކަމަށާއި އޭނާގެ މަސައްކަތަށް ފުރިހަމައަށް ޝުކުރު އަދާކުރާ ކަމަސެވެ.
ސްލޮޓް ލިވަޕޫލާ ހަވާލުވީ ނިމިދިޔަ ސީޒަނުގެ ކުރީ ސީޒަނަށެވެ. ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ލިވަޕޫލާއެކު ލީގު ތަށި ކާމިޔާބު ކޮށްފައެވެ. ފުރަތަމަ ސީޒަނުގައި ސްލޮޓް އެ ކްލަބަށް 20 ވަނަ ލީގު ތަށި ހޯދައިދިން ނަމަވެސް މި ސީޒަނުގައި ފެނުނީ ފޯމު ދަށްކޮށެވެ.
މި ސީޒަނު ތާވަލުގެ ފަސްވަނައިގައި ލިވަޕޫލް ނިންމާލީ ތަށްޓެއް ނުލިބިއެވެ.
އޭގެ އިތުރުން ކްލަބުގެ އެންމެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު ސަލާހާވެސް ކޮންމެވެސް ވަރެއްގެ ދެބަސްވުމެއް އުފެދި ސީޒަން ތެރެއިން މައްސަލަ ޖެހުނެވެ. އެހެން ނަމަވެސް ފަހުން ސަލާހް ކްލަބަށް ކުޅެފައިވެއެވެ. ސަލާހް މިހާރު ވަނީ ރަސްމީކޮށް ކްލަބު ދޫކޮށް ނިންމާލައި، އެކަން އިއުލާނުވެސް ކޮށްފައެވެ.
ސްލޮޓް ލިވަޕޫލާ ހަވާލުވީ އޭގެ ކުރިން ހުރި ކާމިޔާބު ކޯޗު، ޔާގަން ކްލޮޕްގެ ކާމިޔާބީ ތަކުރާރުކުރުމަށެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް