މި ފެށޭ މަހުގެ 11 ވަނަ ދުވަހުގެ ރޭ ފެށޭ، ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ފީފާ ވޯލްޑްކަޕަށް ހާއްސަކޮށްގެން ވަން މީޑިއާ ގްރޫޕުން ނެރޭ "ވަން ވޯލްޑްކަޕް ގައިޑް 2026" ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ.
"ވަން" އިން ވަނީ ޔޫރޯ 2020، ވޯލްޑް ކަޕް 2022 އަދި ޔޫރޯ 2024 އަށް ވެސް ހާއްސަ ގައިޑެއް ދިވެހި ބަހުން ނެރެފައެވެ. އެ ތިން ގައިޑުވެސް ވެގެން ގޮސްފައިވަނީ ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ދެ ގައިޑަށެވެ. ޑިޒައިނާއި މައުލޫމާތަށް ބަލާއިރުވެސް "ވަން"ގެ ގައިޑްތައް ފުރިހަމަ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
މި ފަހަރު ވެސް ވޯލްޑްކަޕަށް ހާއްސަ "ވަން ވޯލްޑްކަޕް ގައިޑް 2026" އާއެކު މުބާރާތުގެ ސްކޯ ޗާޓު ނެރޭ އިރު، ކުރިޔާލައި އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށް "ވަން"ގެ މާކެޓިން ޓީމުން މައުލޫމާތު ދެއެވެ. ޕްރީ އޯޑަރު ކުރެއްވުމަށް މެސެޖު ކުރައްވާނެ ނަންބަރަކީ 7744464 އެވެ. އޯޑަރު ކުރައްވާ ކޮންމެ ގައިޑަކާ އެކު ސްކޯ ޗާޓެއް ހިލޭ ލިބިވަޑައިގަންނަވާނެ ކަމަށް ވެސް "ވަން"ގެ މާކެޓިން ޓީމުން މައުލޫމާތު ދެއެވެ.
"ވަން ވޯލްޑްކަޕް ގައިޑް 2026" އާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މި ގައިޑުގެ ކޮންޓެންޓް އެޑިޓަރު، އިމާދު ލަތީފު ވިދާޅުވީ މި ފަހަރު ވެސް ފުޓްބޯޅަ ފޭނުންނަށް ބޭނުންވާ، އެންމެ ފުރިހަމަ މައުލޫމާތު ހިމެނޭ ގައިޑަކަށް ވެގެންދާނީ "ވަން"ގެ ގައިޑް ކަމަށެވެ.
"ވަން ވޯލްޑްކަޕް ގައިޑް" ވަރަށް ތަފާތު ވާނެ. މައުލޫމާތު، ޑިޒައިން، އަދި އެހެން ކަންކަމަށް ބަލާއިރުވެސް މާ ބޮޑަށް ފުރިހަމަ ވާނެ." އިމާދު ވިދާޅުވިއެވެ.
"ވަން ވޯލްޑްކަޕް ގައިޑް"ގެ އެޑިޓަރު، ސިނާން އަލީ ވިދާޅުވީ، މި ފަހަރުގެ ވޯލްޑްކަޕް ގައިޑުގައި ސަޕްރައިސިން ބައެއްވެސް ހިމެނޭނެ ކަމަށާއި މި ގައިޑް ވެގެން ދާނީ، ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް ބޭނުންތެރި، ބަލައިލާން ހިތްގައިމު، މައުލޫމާތު މުއްސަނދި ގައިޑަކަށް ކަމަށެވެ.
"މީގެ ކުރީން އަޅުގަނޑުމެން ނެރުނު ތިން ގައިޑަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު. ވޯލްޑްކަޕާއި ޔޫރޯއަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ދެ މުބާރާތަށް ވާތީ، މި ގައިޑުތައްވެސް ސަޕޯޓަރުންގެ އުއްމީދުތަކާ އެއް ފެންވަރެއްގައި ބެހެއްޓުމަށް "ވަން"ގެ ޓީމުން އަބަދުވެސް މަސައްކަތް ކުރޭ. މިފަހަރުގެ ގައިޑުވެސް ވަރަށް ފުރިހަމަ ވާނެ." ސިނާން ވިދާޅުވިއެވެ.
ޕްރީ އޯޑަރު ކުރައްވާ ފަރާތްތަކަށް ވޯލްޑްކަޕް ފެށުމުގެ ކުރީން "ވަން" ވޯލްޑްކަޕް ގައިޑް ލިބިވަޑައިގަންނަވާނެ ކަމަށް "ވަން"ގެ ސޭލްސް ޓީމުން މައުލޫމާތު ދެއްވައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026