މި ސީޒަނުގައި މޮޅަށް ކުޅުނު ނޮޓިންހަމް ފޮރެސްޓްގެ އިންގްލެންޑް މިޑްފީލްޑަރު އެލިއޮޓް އެންޑަސަން ހޯދުމަށް މެންޗެސްޓާގެ ދެ ކްލަބު ކަމަށްވާ މެންޗެެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީން މަސައްކަތް ފަށައިފިއެވެ.
އަންނަ ސީޒަނަށް އެންޑަސަން ފޮރެސްޓް ދޫކޮށްލާނެ ކަމަށް ގިނަ ހަބަރުތައް ބުނެއެވެ. އެއީ ކެރިއަރުގައި މި ސީޒަނުގައި ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުން ގިނަ ކްލަބުތަކަކުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާތީއެވެ.
އުމުރުން 23 އަހަރުގެ އެންޑަސަންއަށް ފޮރެސްޓުން ބޮޑު އަގެއް ކިޔަމުންދާ އިރު، ސިޓީން އެ އަގު ދައްކަން އެއްބަސްނުވާނެ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އެހެން ނަމަވެސް ޔުނައިޓެޑުން އެންޑަސަން ހޯދަން ބޮޑު އަގެއް ދައްކަން އެއްބަސްވާނެ ކަމަށްވެސް ނޫސްތައް ބުނެއެވެ.
އިނގިރޭސި ކުޅުންތެރިއަކަށް މިހާތަނަށް ދެއްކި އެންމެ ބޮޑު އަގަކީ 105 މިލިއަން ޕައުންޑެވެ. އެއީ އާސެނަލުން ވެސްޓް ހޭމްއަށް 2023 ވަނަ އަހަރު ދެއްކި އަގެވެ. ހަބަރުތައް ބުނީ އެންޑަސަންއަށް ފޮރެސްޓުން ކިޔާ އަގަކީ އެއަށްވުރެވެސް ބޮޑު އަގެއް ކަމަށެވެ.
ފޮރެސްޓުން މި ސީޒަން 16 ވަނައިގައި ނިންމާލާފައިވާ އިރު، ޔޫރަޕްގެ ފުޓުބޯޅައިން ފުރުސަތު ހޯދުމަށްވެސް އެންޑަސަން އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ. އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑުންވެސް އެންޑަސަންއަށް ޖާގަ ދީފައިވާ އިރު، ފޮރެސްޓާ އޭނާ ގުޅުނީ 2024 ވަނަ އަހަރު ނިއުކާސަލްއިންނެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް