ކުރިއަށް އޮތް ވޯލްޑް ކަޕް 2026 ގައި މެޗުތައް ކުޅެން އޮތީ އެމެރިކާގައި ނަމަވެސް، ފީފާގެ ހުއްދައާއެކު މެކްސިކޯއަށް ކޭމްޕް ބަދަލުކޮށްފައިވާ ކަމަށް އިރާނުން ބުނެފިއެވެ.
އިރާނުން ކުރިން ނިންމާފައި އޮތީ މިފަހަރު ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށެވެ. އެއީ ފެބްރުއަރީ މަސް ތެރޭގައި އެމެރިކާއާއި އިޒްރޭލް އެކުވެގެން، އެދެގައުމުގެ އިސް ނެގުމާއެކު އިރާނާ ދެކޮޅަށް ހަނގުރާމަ ފަށާއި، އެގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީ އަވަހާރަ ކޮށްލުމުގެ އިތުރުން އެތައް ކުދިންނެއް ޝަހީދުކޮށްލައި، ލާއިންސާނީ ޖަރީމާތައް ހިންގާފައިވާތީއެވެ.
އޭގެފަހުން އެމެރިކާގައި ކުޅެން އޮތް ގްރޫޕް ސްޓޭޖު މެޗުތައް މެކްސިކޯގައި ކުޅޭ ގޮތަށް ބަދަލުކޮށްދޭން އެދުނު ނަމަވެސް، ފީފާއިން އެކަމަށް ބުނީ ނޫނެކޭއެވެ. އިރާނުން ތުރުކީގައި ކޭމްޕް ކުރަމުންދާ އިރު، އަދިވެސް އެމެރިކާގެ ވިސާ ކަންކަން އެއްކޮށް ހައްލުވެފައެއް ނުވެއެވެ. އެކަންކަމާއެކު އިތުބާރު ހޯދަން ބޭނުންވާ ކަމަށް ބުނެ، އިރާނުން ވަނީ ފީފާއަށް ޑިމާންޑްތަކެއް ކޮށްފައެވެ.
އިރާނުގެ ފުޓުބޯޅަ އިދާރާގެ ރައީސް މެހްދީ ތާޖާއެކު ފީފާއިން އިސް އޮފިޝަލުން ދާދިފަހުން ބައްދަލުކޮށްފައިވާ އިރު، އިރާނުން ބުނީ އެމެރިކާގެ އެރިޒޯނާގައި ކުރަން އޮތް ވޯލްޑް ކަޕް ކޭމްޕް، މެކްސިކޯގެ ތިޖުއާނާއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ތިޖުއާނާއަކީ އެމެރިކާއާއި މެކްސިކޯގެ ބޯޑަރު ކައިރިއެވެ.
ތާޖް ވިދާޅުވީ އިރާނުން ކޭމްޕް ބަދަލުކުރީ އެމެރިކާގެ ވިސާ މައްސަލައަށް ހައްލު ލިބޭނެކަން ނޭނގޭތީ، އެކަންކަމަށް ފަސޭހަ ކުރުމަށެވެ. އަދި އެރިޒޯނާގައި ތިބެފައި މެޗަށް ދިޔުމަށްވުރެ އިރާން އެެއާގެ ފްލައިޓާ ތިޖުއާނާއިން މެޗުތަކަށް ދާން ފަސޭހަވާނެ ކަމަށްވެސް ތާޖް ބުންޏެވެ.
އިރާނުން ވޯލްޑް ކަޕްގައި ކުޅޭ ދެމެޗެއް ސިއެޓަލްގައި ކުޅެން ޖެހޭ އިރު، އަނެއް މެޗު ކުޅޭނީ ލޮސް އެންޖަލަސްއެވެ. އެގައުމުން ބުނީ އެ ދެ ސިޓީއާވެސް ތިޖުއާނާ މާ ކައިރި ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026