3 ގަޑިއިރަށް ވުރެ ގިނަ އިރު ފަހުން މާލެ އަދި ހުޅުމާލެއަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދުގެ 12:00 ގެ ކުރިން މާލެ އަދި ހުޅުމާލެ ވަނީ ބްލެކް އައުޓްއަކަށް ގޮސްފައެވެ.
އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ، މާލެ އަދި ހުޅުމާލެ ކަރަންޓް ދިޔައީ، އެކުންފިން ރޭ ދަންވަރު ހުޅުމާލެގެ 50 މެގަވޯޓް އިންޖީނުގެ އަޕްގްރޭޑިން މަސައްކަތާ ގުޅިގެން ދިމާވި މައްސަލައެއްގައި ކަމަށެވެ.
ސްޓެލްކޯއިން ބުނީ މިހާރު ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓް ދެވިފައިވާ ކަމަށެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.
ފާތިމަތު ލިއުޝާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ