ވ. ފުލިދޫ އާ އިންޖީނުގެ އާއި 80,000 ލީޓަރުގެ ތެޔޮ ރައްކާކުރާ ޓޭންކެއް ޑިޒައިންކޮށް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000 ރުފިޔާ ނުވަތަ އެއަގަށްވާ ޔޫއެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރާ ފަރާތުން އަދާކުރަން ޖެހޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓާ، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ.
މި ބިޑްގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދުގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން GC01 ގެ ގުރޭޑް 4 ނުވަތަ އޭގެ މަތިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ ތަކެތި ނުވަތަ ހިދުމަތް ހޯދާ ފަރާތާ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާ އޮތްކަމުގައި ވާނަމަ، އެކަމުގެ ސާފު މައުލޫމާތު އެނގޭނެ ލިޔުމެއް ބީލަމާ އެކު ހުށަހަޅަވާނެ ކަމަށާއި މިފަދަ ލިޔުމެއް ހުށަނާޅައި ހުއްޓައި އެކަން ކުންފުންޏަށް އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެ ކަމެއް ކަމަށެވެ.
އަދި މައުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާތިލުކުރުމުގެ ފުރިހަމަ އިހުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލު ކުރުމުގެ އިހުތިޔާރު ސްޓެލްކޯއަށް ލިބިގެންވާ ކަމަށް އެކުންފުނިން ބުންޏެވެ.
ކޮމެންޓް