ޒިންމާއަކީ އިނގިރޭސިވިލާތުގައި ތިބި އެންމެ ހުނަރުވެރި 26 ކުޅުންތެރިން ސްކޮޑަށް ނެގުން ނޫން ކަމަށާއި، ޓީމެއް ބިނާކޮށްގެން ވޯލްޑް ކަޕަށް ދިޔުން ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
އިންގްލެންޑްގެ ކޯޗު ޓުޗެލް އިއުލާނުކުރި ސްކޮޑުން ބައެއް މަޝްހޫރު ކުޅުންތެރިންނަށް ފުރުސަތު ގެއްލިފައިވެއެވެ. ތަރިންގެ އިންގްލެންޑް ސްކޮޑުން ޖާގަ ގެއްލުނު ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާއާއި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޮޑެން އަދި ޗެލްސީގެ ތަރި ކޯލް ޕާމާ ހިމެނެއެވެ. އޭގެ އިތުރުން ލޫކް ޝޯއާއި ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްވެސް ސްކޮޑަސް ނަގާފައިނުވާ އިރު، ޓުޗެލްގެ ސްކޮޑަށް ވަނީ ފާޑު ކިޔުންވެސް އަމާޒުވެފައެވެ.
"އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަންނަށް ސާފުވާ އެއް ކަމެއް އެބައޮތް. އެއީ އަހަރެން މިއުޅެނީ ޓީމެއް ބިނާކުރަންކަން. އެންމެ މޮޅު ޓީމު ބިނާކުރަންކަން. އަހަންނަކާ ނުޖެހޭ އިންގްލެންޑްގައި ތިބި އެންމެ ހުނަރުވެރި 26 ކުޅުންތެރިން ނަގާކަށް. މިއީ އެންމެ ހުނަރުވެރި ޓީމެއް ނޫން. އެކަަމަކު ބަދަހި ޓީމަކަށް ތަށި ނެގޭނީ. އެކަން އެނގޭނެ އެންމެންނަށްވެސް،" ޓުޗެލް ނިންމުން ދިފާއުކުރަމުން ބުންޏެވެ.
ޓުޗެލް އިތުރަށް ބުނީ އިންގްލެންޑުން ނެގި ސްކޮޑަކީ ބެލެންސް ރަނގަޅު ސްކޮޑަށް ކަމަށާއި، ހުސް އެޓޭކިން މިޑްފީލްޑަރުން ނޫނީ ހުސް ސެންޓަ ބެކުން ގެންގޮސްގެން ފައިދާއެއް ނެތް ކަމަށެވެ. އަދި އޭގެ އިތުރުން އޭނާ ބުނީ ޓީމުގެ ހުނަރަށް ގުރުބާންކޮށްފައި ވަނީ ބަދަހިކަން ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026