ފަހުމެޗުގައި ޑަމަކް ކައިރިން 4-1 އިން މޮޅުވެގެން ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރުން ސައުދީ ޕްރޯ ލީގު ކާމިޔާބު ކޮށްފިއެވެ.
ރޭގެ މެޗުން މޮޅުވެ ލީގު ހޯދުމުގެ އަމިއްލަ ބާރާއެކު ނަސްރުން މެޗަށް ނުކުމެފައިވާ އިރު، ނަސްރުން އެެއްވަނައިގައި ނިންމާލީ 34 މެޗުން 86 ޕޮއިންޓާއެކުގައެވެ. ވާދަވެރި އަލް ހިލާލުން ރޭ 1-0 އިން އަލް ފަހްޔާ ބަލިކުރި ނަމަވެސް އެޓީމަށް 34 މެޗުން ލިބިފައި ވަނީ 84 ޕޮއިންޓެވެ.
ސައުދީ ޕްރޯ ލީގަކީ 2022 ވަނަ އަހަރު އަލް ނަސްރާ ގުޅުނު ރޮނާލްޑޯ އެ ކްލަބާއެކު ހޯދި ފުރަތަމަ ބޮޑު ތަށްޓެވެ. ރޭގެ ކުރިން އަލް ނަސްރުން އެންމެފަހުން ލީގު ހޯދީ 2019 ވަނަ އަހަރުއެވެ. ރޭގެ ތަށްޓަށްފަހު އޭނާ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
ރޭގެ މެޗުން ނަސްރު މޮޅުކޮށްދިނުމުގައިވެސް ރޮނާލްޑޯގެ ދައުރު ބޮޑެވެ. ފުރަތަމަ ގޯލް ސަޑިއޯ މާނޭ ޖެހި އިރު، އެ ގޯލަކީ ޖުއާއޯ ފެލިކްސް ނެގި ކޯނަރަކުންނެވެ. އޭގެފަހުން 52 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ގޯލް ޖެހި އިރު، ޑަމަކުން ފަރަގު ކުޑަވެސް ކުރިއެވެ. އެ ގޯލް ޖެހީ މޮރްލާޔޭ ސީލާއެވެ. އެއީ ޕެނަލްޓީއަކުންނެވެ.
ނަސްރަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ފަހުކޮޅުގައި ރޮނާލްޑޯގެ ދެ ގޯލާއެކު ނަތީޖާ ޔަގީންކުރިއެވެ. ރޮނާލްޑޯގެ ގޯލްތަކުގެ ތެރޭގައި ހިތްގައިމު ހިލޭ ޖެހުމެއްވެސް ފެނުނެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ