ވ. އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅަޔަކަށް ފީނަން އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރީންގެ ތެރެއިން ދެ މީހެއްގެ ނަން, އެ މީހުން ރާއްޖެއަށް އައި ސަބަބު ކަމަށްވާ ދިރާސާވެރީންގެ ލިސްޓުގައި ނެތް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އޭބީސީ ނޫހަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ދިރާސާކުރުމަށް އިންތިޒާމުކުރި ފަރާތުން ސަރުކާރަށް ހުށަހެޅި ލިސްޓުގައި، މަރުވި ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ނަން ހިމަނައިފައެއް ނުވެއެވެ.
މުންދު ވިދާޅުވީ، ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގުގައި ދިވެހި ސަރުކާރުން މައިގަނޑު ގޮތެއްގައި ބަލާނީ ދަތުރު އިންތިޒާމުކުރި ފަރާތްތަކުން ރަނގަޅު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯ އާއި، ބޭނުންވާ ފުރިހަމަ ޕްލޭންތައް ހަދާފައިވޭތޯ ކަމަށެވެ.
މި ދިރާސާ ދަތުރުގައި އިސްކޮށް ހަރަކާތްތެރިވީ އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސަރު އޮފް އިކޮލޮޖީ މޮނިކާ މޮންޓެފަލްކޯނޭ 51އ އެެވެ.
މި ހާދިސާގައި މަރުވި މީހުން:
- މޮނިކާ މޮންޓެފަލްކޯން، 51
- ޖޯޖިއާ ސޮމާކަލް، 20
- ގިއަންލޫކާ ބެނެޑެޓީ، 41
- ފެޑެރިކޯ ގުއަލްޓިއޭރީ، 31
- މިއުރިއަލް އޮޑެނީނޯ، 31
އޭބީސީއަށް މުންދު ވިދާޅުވި ގޮތުގައި އެ މީހުންނަށް ސަރުކާރުން ދޫކުރީ 30 މީޓަރަށް ފީނުމުގެ ހުއްދައެކެވެ. ނަމަވެސް އެ މީހުން 50 މީޓަރަށްވުރެ ފުނަށް ގޮސްފައިވާ ކަމަށާއި އެ ގްރޫޕުން ކަނޑުއަޑީގެ ހޮހޮޅައެއް ދިރާސާކުރަން އުޅޭކަން ސަރުކާރަށް އަންގާފައި ނުވާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.
ހޮހަޅައިގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު އިއްޔެ ވަނީ ނަގައިފައެވެ. އެ މީހުންގެ ހަށިގަނޑު މައްޗަށް ނެގީ އެމްއެންޑީއެފާއި ފިންލޭންޑުގެ ޑައިވަރުންގެ ޓީމާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ އޮފިސަރަކު ވެސް ހޮނިހިރު ދުވަހު ވަނީ ޑީކޯވެގެން މަރުވެފައެވެ.
އަލީ ޔާމިން
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ބޭރު މީހުން ތިޔަކަން ކުރީ.
ސައްލި - 1 މަސް ކުރިން