ރެއާލް މެޑްރިޑްގެ ކެޕްޓަން، ސްޕެއިންގެ ޑެނީ ކަވާހާލް މި ސީޒަނަށްފަހު ކްލަބު ދޫކޮށްލަން ނިންމައި، އެކަން އިއުލާނު ކޮށްފިއެވެ.
އުމުރުން 34 އަހަރުގެ ކަވަހާލް ވަނީ ރެއާލަށް 450 މެޗު ކުޅެދީފައެވެ. ލެޖެންޑް ކަވަހާލް ކްލަބު ދޫކޮށްލަން ނިންމާފައި ވަނީ މި ސީޒަން ނިމުމާއެކު، އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ. ކަވަހާލަކީ ކްލަބުގެ ތާރީހުގައިވެސް އެ ކްލަބާއެކު އެންމެ ގިނަ ތަށި ހޯދާފައިވާ އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޖުމުލަ 27 ތަށި ހޯދައި، ކްލަބާއެކު 23 އަހަރު ހޭދަކޮށްފައެވެ.
ކަވަހާލްއަކީ މެޑްރިޑަށް އުފަން ކުޅުންތެރިއެކެވެ. 2002 ވަނަ އަހަރު ރެއާލްގެ ޔޫތު އެކަޑެމީއާ ގުޅުނު ކަވަހާލް ވަނި 2013 ވަނަ އަހަރު އެކްލަބުގެ ސީނިއާ ޓީމަށް ފުރަތަމަ މެޗު ކުޅެފައެވެ. އޭގެފަހުން ބަޔާން ލެވަކޫސަންއަށް ސީޒަނެއްގައި ކުޅުމަށްފަހު އަލުން އަނބުރާ ރެެއާލުން އޭނާ ގެންދިޔައެވެ. އެއީ ފުރަތަމަ ކުރި ޓްރާންސްފާގައި ހިމެނޭ "ބައި ބެކް" މާއްދާގެ ބޭނުން ހިފައިގެންނެވެ.
ރެއާލާއެކު ކަވަހާލް ވަނީ ހަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައި، ހަތަރު ފަހަރު ލީގު ތަށިވެސް ކާމިޔާބު ކޮށްފައެވެ. އަދި ކޮޕާ ޑެލް ރޭ ދެފަހަރު ހޯދައި، ފަސް ފަހަރު ޔޫއެފާ ސުޕަ ކަޕާއި ހަތަރު ފަހަރު ސްޕެނިޝް ސުޕަ ކަޕް ހޯދައިފައިވެސް ވެއެވެ.
ސްޕެއިން ގައުމީ ޓީމަށްވެސް 2014 ވަނަ އަހަރުން ފެށިގެން ކުޅެމުންދ ކަވަހާލް ވަނީ ގައުމީ ޓީމަށް 51 މެޗު ކުޅެފައެވެ. ގައުމީ ޓީމާއެކު އޭނާ ވަނީ 2023 ވަނަ އަހަރުގެ ނޭޝަންސް ލީގާއި 2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްފައެވެ.
ކަވަހާލަށް 2024 ވަނަ އަހަރު ދިމާވި އޭސީއެލް އަނިޔާއަށްފަހު ރަނގަޅު ފޯމެއް ދަމަހައްޓަން އުނދަގޫވެފައިވާ އިރު، އޭނާގެ ބަދަލުގައި ރެއާލުން ބޮޑަށް ބޭނުންކުރަމުން ދަނީ އަލަށް ގެންދިޔަ ޓްރެންޓް އެލެކްސެންޑާ-އާނޯލްޑެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް