ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކްލަބު، ރެއާލް މެޑްރިޑްގެ ބޯޑަށް ޓެނިސް ލެޖެންޑް ރަފޭލް ނަޑާލް އައްޔަންކުރަން ނިންމައިފިއެވެ.
ޑިރެކްޓަރެއްގެ ގޮތުގައި ނަޑާލް ރެއާލްގެ ބޯޑަށް އައްޔަންކުރަން ނިންމައި، މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގައި އޭނާގެ ނަމަށް ރުހުން ހޯދަން ހުށަހަޅަން ވަނީ ފާސްކޮށްފައެވެ. އެއީ އާންމު ބައްދަލުވުމަށެވެ. ނަޑާލްއަކީ މިހާރުވެސް ރެއާލްގެ އޮނަރަރީ މެމްބަރެކެވެ.
ކެރިއަރުގައި 22 ގްރޭޑް ސްލޭމް ކާމިޔާބުކޮށްފައިވާ ޓެނިސް ޗެމްޕިއަން ނަޑާލް ވަނީ ޖުމުލަ 92 ސިންގަލްސް ޓައިޓަލް ހޯދައިފައެވެ. މިހާރު ރިޓަޔާކޮށްގެން ހުރި ނަޑާލް ވަނީ ދެ ފަހަރަށް އޮލިމްޕިކްސް ރަން މެޑަލް ހޯދައި، ފަސް ފަހަރު ސްޕެއިނާއެކު ޑޭވިސް ކަޕް ކާމިޔާބުކޮށް، ދުނިޔޭގެ އެއްވަނަ މަގާމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ.
ރެއާލުން ބުނެފައި ވަނީ ނަޑާލްއަކީ ހަމައެކަނި ކާމިޔާބު އެތުލީޓެއް ނޫން ކަމަށާއި، ނަޑާލްއަކީ އެ ކްލަބުގެ އައިޑެންޓިޓީ ހުރި އެތުލީޓެއް ކަމަށެވެ. ހާއްސަކޮށް ނަޑާލަށް ލިބިފައިވާ އިހުތިރާމާއި އޭނާ އެކިއެކި ކަންކަމުގައި ހިލޭ ސާބަހަށް ކޮށްފައިވާ މަސައްކަތްތައްވެސް އެއީ ފާހަގަކުރެވޭ ކަމެއް ކަމަށް ރެއާލުން ބުންޏެވެ.
ރެއާލުން ބުނީ ނަޑާލް ކަހަލަ ޝަހުސިއްޔަތެއް އެ ކްލަބުގެ ބޯޑުގައި ހިމެނުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.
ރެއާލްގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، 79، އަކީ ނަޑާލްގެ ގާތް ފަރާތެކެވެ. އޭނާ އެންމެފަހުން ދައުރަށް ރެއާލްގެ ރައީސްކަމަށް އިންތިހާބުވެޑައިގަތީ މިދިޔަ ޖޫން މަހުއެވެ. އެއީ ހަތަރު އަހަރުގެ ދައުރަކަށެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ކޮމެންޓް